ލަންކާގެ ސިޔާސީ މަޞްރަހަށް ބޮޑު ބަދަލެއް: އާ ރައީސް އަނޫރާ ދިސަނައިކާ އަކީ ކާކު!
ސްރީލަންކާގެ އާޗ ރައީސް ދިސަނައިކަ: ފޮޓޯ-ދަ އައިލެންޑް

ލަންކާގެ ސިޔާސީ މަޞްރަހަށް ބޮޑު ބަދަލެއް: އާ ރައީސް އަނޫރާ ދިސަނައިކާ އަކީ ކާކު!

26 days ago - 20:22
Sep 22, 2024 - 20:23

އަވައްޓެރި ސްރީ ލަންކާގެ ރައްޔިތުން މުޅިން އާ ވެރިއަކު އެގައުމުގެ ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ. އާދިއްތަދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ފުރަތަމަ ފަހަރަށް ވަނީ ވޯޓްލުން ދެވަނަ ބުރަކަށްވެސް ގޮސްފައެވެ. މިއީ ސިޔާސީ ހީނަރުކަމުގައި ޤައުމު ބަނގުރޫޓުވިފަހުން އެގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބެވެ. ދިސަނައިކާ އިންތިހާބު ކާމިޔާބު ކުރެއްވިކަން މިހާރު ވަނީ އެގައުމުގެ އިލެކްޝަންސް ކޮމިޝަން އިންވެސް އިޢުލާންކޮށްފައެވެ.

ދިސަނައިކާ އަކީ ނިސްބަތުން ކުޑަކުޑަ ޕާޓީ, ޖަނަތަ ވިކުމްތީ ޕެރަމޫނާ (ޖޭވީޕީ) ގެ މެމްބަރެކެވެ. ނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރެއްވީ 2019 އިން ފެށިގެން ހަރަކާތްތެރިވާ ކޯލިޝަނެއްގެ ގޮތުގައި އޮތް ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިންނެވެ. ލަންކާގެ ރައީސްކަމަށް އައު މޫނެއް ނަމަވެސް ދިސަނައިކާ ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީގޮތުން ކުއްލި މަޤްބޫލްކަމެއް ހޯއްދަވާފައެވެ. އޭނާ ވަނީ އޭނާއަކީ ބަދަލަކަށް ނުކުންނަ ކެނޑިޑޭޓްގެ ސްލޯގަން ކާމިޔާބުކަމާއެކު ވިއްކާފައެވެ.

ލަންކާގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުން ތިބިއިރު 76 އިންސައްތަ މީހުން އާދިއްތަ ދުވަހުގެ އިންތިހާބުގައި ވޯޓްލާފައިވެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދިސަނައިކާ އަށް 58 ޕަސެންޓް ލިބިވަޑައިގަތެވެ. މިއީ ސްރީލަންކާގައި އިންތިހާބެއްގައި ނަތީޖާ އެންމެ އަޤުލަބިއްޔަތު ބޮޑުކޮށް ކެނޑިޑޭޓަކު ކާމިޔާބުކުރިވެސް ފުރަތަމަ ފަހަރެވެ. 

ވާތުފިޔަގެ މާކްސިސްޓް ފިކުރުގެ ދިސަނައިކާ އޭނާގެ ކެމްޕެއިންގައި ފެނިގެން ގޮސްފައިވަނީ ކަންކަން ރަނގަޅުކުރުމުގައި ރަނގަޅު ހައްލުތައް ހޯދޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ޤައުމުގެ އުއްމީދުތައް ހާސިލްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ބޭފުޅެއްގެ ގޮތުގައެވެ 

Advertisement

55 އަހަރުގެ ދިސަނައިކާ ވަނީ ފާއިތުވި 20 އަހަރު ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ނަމަވެސް އޭނާ ހިމަނައިގެން މިހާރުވެސް ޤާނޫނު ހަދާ މަޖިލީހުގައި އިނީ އެޕާޓީގެ އެންމެ ތިން ގޮނޑިއެވެ. ނަމަވެސް ލަންކާގެ ސިޔާސީ ކުޅިބައި އެތުރެމުން ދިޔަ ގޮތާއި ބަދަލުވެގެން ދިޔަ ހާލަތުވެސް ދިސަނައިކާއަށް ވަނީ ވަރަށް ކައިރިން ފެނިވަޑައިގެންފައެވެ. އޭނާ ވަނީ ރައްޔިތުންނަށް އޭނާގެ ޒަޢާމަތުގައި އާރޯޝަންކަށް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަށް ދެއްވާފައެވެ.

ސިޔާސީ މައިދާނުގައި ދިސަނައިކާ ފާހަގަކުރެވިފައިވަނީ 'ޕްރޯ ވަރކިން ކްލާސް' އަދި 'އެންޓައި-އެލީޓް' ބޭފުޅެއްގެ ގޮތުގައެވެ. ކެމްޕެއިންގައިވެސް އެންމެބޮޑަށް ގެނގުޅުއްވި ފަލްސަފާއަކީ އެއީއެވެ. އެހެންކަމާއެކު ދިސަނައިކާ ވެގެންގޮސްފައިވަނީ ލަންކާގެ ޒުވާނުންގެ ބޮޑު އާބާދީއެއްގެ ތާއީދު ވަރަށް އަވަހަށް ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ. 

އާންމުނަމުން އޭޑީކޭގެ ގޮތުގައި މަޝްހޫރުވެފައިވާ ދިސަނައިކާ ސިޔާސީ މައިދާނަށް ވެންނެވީ ދަރިވަރެއްގެ ގޮތުގައެވެ. ޤައުމުގެ ރައީސްކަން ކޮންމެވެސް ދުވަހަކުން ކުރެއްވުމަކީ އޭނާގެ ސިކުނޑިގައި އަބަދުވެސް އޮތް ކަމެކެވެ. 

ވަރަށް އާދައިގެ ދަނޑުވެރި އާއިލާއަކަށް އުފަންވި ދިސަނައިކާގެ އުމުރުގެ ވަރަށް ކުރީކޮޅު ސިޔާސީ ކަންކަމަށް, ޙާއްސަކޮށް ވެރިކަން ހިނގާގޮތާމެދު ހިތްހަމަނުޖެހުން ހުރިނަމަވެސް އޭނާގެ އާއިލާއަކީ ސިޔާސީ ބައެއް ނޫނެވެ. ދިސަނައިކާގެ ބައްޕަ އަކީ ސަރުކާރު އޮޕީހެއްގެ ސަރވޭ ޑިޕާޓްމަންޓްގެ ވަޒީފާ އަދާކުރި މީހެކެވެ. އަދި މަންމަ އަކީ ގޭގެ ބެލެހެއްޓުންތެރިޔާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow