މެޑްލީންގެ ކްރޫގެ މެމްބަރަކު އިޒްރާއިލްގެ ހައްޔަރުގައި ހައިހޫނުކަމުގެހަޅުތާލުގައި ތިންވަނަ ދުވަސް
ރިމާ ހަސަން އަދި ތިއާގޯ އަވީލާ, އަދި އެމީހުން ޣައްޒާއަށް ދަތުރުކުރި އުޅަނދު މެޑްލީން

މެޑްލީންގެ ކްރޫގެ މެމްބަރަކު އިޒްރާއިލްގެ ހައްޔަރުގައި ހައިހޫނުކަމުގެހަޅުތާލުގައި ތިންވަނަ ދުވަސް

ބްރެޒިލްގެ ތިއާގޯ އަވީލާ މިހާރުހުރީ ސޮލިޓަރީ ކޮންފައިންމަންޓްގައި

1 day ago - 22:36
Jun 11, 2025 - 22:38

ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ)ގެ ބޯޓް މެޑްލީން އިން ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުތުކުރި 12 ވޮލަންޓިއަރުންގެ ތެރެއިން 8 މީހަކު އިޒްރާއިލްގެ ބަންދުގައި ތިބިއިރު ބްރެޒިލްގެ ރައްޔިތެއްކަމަށްވާ ތިއާގޯ އަވީލާ އަދިވެސް ހުރީ ހައިހޫނު ކަމުގެ ހަޅުތާލުގައެވެ.

އިޒްރާއިލްގެ ޔަހޫދީ ސިފައިން މެޑްލީންގެ ބައިވެން ވަގަށްނެގިތާ މިއީ 3 ވަނަ ދުވަހެވެ. އަވީލާ އާއި އިތުރު ހަތް ބައިވެރިއަކު އިޒްރާއިލްގެ ހަައްޔަރުގައި ތިބި އިރު ހައްޔަރުކުރީއްސުރެ އަވީލާ ހުރީ ހައިހޫނުކަމުގެ ހަޅުތާލު (ހަމައެކަނި ފެން ބޮއެގެން) ގައެވެ.

 އަވީލާ މިހާރު ބަހައްޓާފައި ހުރީވެސް 'ސޮލިޓަރީ ކޮންފައިންްމަންޓް' (އެހެން މީހުންނާ ވަކިން ) ގައި ވަކި ޖަލެއް (އަޔާލޮން ޕްރިސަން)ގެ ވަކި ގޮޅިއެއްގައެވެ.އަދި އަވީލާ އާ ދޭތެރޭ އިޒްރާއިލްއިން އަމަލުކުރަމުންދަނީ ވަރަށް ހަރުކަށިކޮށް ކަމަށް އެފްއެފްސީން ވަކީލުންނާ ހަވާލާދީ ބުނެފައި ވެއެވެ.

އިޒްރާއިލްގެ ހައްޔަރުގައި ހުރި ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރިމާ ޙަސަންވެސް މިއަދުވަނީ ވަނީ ވަކި ގޮޅިއަކަށް ބަދަލުކޮށްފައެެވެ. ރިމާ ވަކި ގޮޅިއަކަށްލީ ކުރިން ހުރި ޖަލުގެ ފާރުގައި 'ފަލަޞްޠީން މިނިވަންކުރޭ" މިހެން ލިޔެގެންނެވެ. 

Advertisement
Advertisement

ނަމަވެސް 'ޓިޒްރާ ޕްރިޒަން' ގައިކުޑަދޮރެއްވެސް ނެތް މުޑުދާރު ގޮޅިއަކަަށް ވަކިން ލުމަށްފަހު ރިމާ މިހާރު ވަނީ ގިވޮން ޕްރިސަން އަށް އަލުން ގެނެސް އެހެން މީހުންނާއެކު ބައިތިއްބާފައިކަމަށް އެފްއެފްސީން ދާދި ދެންމެއަކު ބުނެފައި ވެއެވެ. 

އިޒްރާއިލްއިގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކާއި މެޑްލީގެ ޤާނޫނީ ޓީމު' އަދާލާ' އިންވަނީ ހައްޔަރުގައި ތިބި މީހުންނާ އަންގާރަދުވަހު ބައްދަލުކޮށްފައެވެ. މި އެންމެންވެސް ބަަންދުކޮށްފައި ތިބީ އިޒްރާއިލްގެ ރަމްލާގައި ހުންނަ 'ގިވޮން ޕްރިސަން' ގައެވެ.

އިޒްރާއިލްއިން އެ 8 މީހުން ޑީޕޯޓްކުރަން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން އަންގާރަ ދުވަހު އެމީހުންވަނީ ރަމްލާގެ ކޯޓަށްވެސް ހާޒިރުކޮށްފައެވެ. މި 8 ވޮލަންޓިއަރުން އިޒްރާއިލްގެ ހައްޔަރަށް ދިޔައީ ޑީޕޯޓްކުރާ ލިތުންތަކުގައި ސޮއިނުކުރުމުންނެވެ. 

ޤާނޫނީ ޓީމުން ބުނި ގޮތުގައި އެފަރާތްތައް އިޒްރާއިލްއަށް ގެނައީ އެމީހުންގެ ނުރުހުމުގައެވެ. އެހެންކަމުން  އެމީހުންނަކީ 'އިޒްރާއިލްއަށް ނުގަވައިދުން އެތެރެވި' ބައެއްކަަމަށް ދެކޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކޯޓުގައި ބުނެފައިވާނެކަމުގައެވެ. ޤާނޫނީ ޓީމުން ވަނީ މެޑްލީންގެ ބައިވެރިން އެއްވެސް ޝަރުތަކާނުލާ އަދި ވަގުތުން ވަގުތަށް ދޫކޮށްލުމަށްވެސް ކޯޓުގައި އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow