
ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް
މެދުއިރުމައްޗަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް މިއަދު ސައުދި އެރޭބިއާއަށް ވަޑައިގަންނަވާނެކަމަށް ވައިޓްހައުސްއިން ބުނެފިއެވެ މިދަތުރުފުޅުގައި ސައުދި އެރޭބިއާގެ އިތުރުން ގަތަރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަަމަޖެހިފައެވެ.
ވައިޓް ހައުސްއިން ބުނީ ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވާ މި 'ތާރީޚީ' ދަތުރުފުޅަކީ ގުޅުންތައް ވަރުގަދަކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ. މިއީ ޓްރަމްޕް ދެވަނަ ފަރަަށް އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ނަމަވެސް ހަބަރުތައް ބުނާގޮތުން ޓްރަމްޕްގެ މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެމެރިކާއަށް މާލީ އިންވެސްޓްމަންޓްތައް މެދުއިރުމަތިން ފަހި ކުުރުމާއި, ސައުދީ އެރޭބިއާ އާއި އިޒްރާއިލްގެ ގުޅުން ބަދަހިކުުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން އިޒްރާއިލް އިން ޣައްޒާގައި ހިންގަމުން ގެންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވޭނެއެވެ.
ސައުދީ ދަތުރުން އެކަނިވެސް ސައުދީން އެމެރިކާގައި ކުރަން ނިންމާފައިވާ އިންވެސްޓްމަންޓް 1 ޓްރިލިއަން ޑޮލަރަށް އިތުރުކުރަން ކަށަވަރުކުރާނެކަމަށް ވަނީ ބެލެވިފައެވެ. މީގެ ކުރިން ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އެގައުމުން ސައުދި އެރޭބިއާގައި 600 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ދަތުރުފުޅުގެ ކުރިން އެމެރިކާއިން ވަނީ ޔުއޭއަަށް 1.4 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރާއި އެއާ ގުޅޭ ސާމާނު ވިއްކުމަށް އެއްބަސްވެފައިވާކަށް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި އަސްކަރީ ހެލޮކޮޕްޓަރާއި މިސައިލްގެ އިންޒާދު ދޭ އާލާތްތައްވެސް ހިމެނެއެވެ.
ރިއެކްޝަންސް






