ކުރިއަށް އޮތް 48 ގަޑިއިރުތެރޭ މެޑްލީން ޣައްޒާއަށް ފޯރާނެ! 'ޣައްޒާ ބްލޮކޭޑް' ފުނޑާލެވޭނެބާ!
ދަތުުރުގެ ބައިވއެރިއަކު ފަލަޞްޠީނުގެ ދިދައާއެކު މެޑްލީން ގެ ކުރީކޮޅުގައި. ފޮޓޯ: އެފްއެފްސީ

ކުރިއަށް އޮތް 48 ގަޑިއިރުތެރޭ މެޑްލީން ޣައްޒާއަށް ފޯރާނެ! 'ޣައްޒާ ބްލޮކޭޑް' ފުނޑާލެވޭނެބާ!

3 hours ago - 22:57
Jun 7, 2025 - 22:58

އިޒްރާއިލްއިން ޣައްޒާގައި ޤާއިމްކޮށްފައިވާ ޣައިރުޤާނޫނީ 'ބްލޮކޭޑް' ފުނޑާލުމަށް އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދާ ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ)ގެ ބޯޓް 'މެޑްލީން' ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއަށް ފޯރާނަކަމަށް ބެލެވޭ ކަމަށް ދަތުރުގެ ބައިވެރިން ލަފާކޮށްފިއެވެ. 

ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް އާއެކު އިންސާނީ ހައްޤުތައް ދިފާއުކުރާ އިތުރު 6 ގައުމެއްގެ 12 ބައިވެރިންނާއެކު ޖޫން 1 ގައި ސިސިލީގެ ކެޓާނިއާ ބަނދަރުންފުރި ބޯޓް މިހާރު އޮތީ މިޞްރުގެ އައްސޭރިއާ ވަރަށް ކައިރީގައި ކަމުގައި ޓްރެކަރ އިން ދައްކައެވެ.

ސުވާލަކީ އިޒްރާއިލްއިން މެޑްލީން ޣައްޒާއަށް ބަނދަރުކުރުމުގެ ފުރުޞަތު ދޭނެ ބާއެވެ! މާޒީގައި ކަންހިނގާފައިވާ ގޮތުން މެޑްލީން އަށް ދަތުރުކުރަމުންދިޔަ ބައިވެރިން ވަނީ އެމީހުންނަށް ސަލާމަތްކަމާއެކު ޣައްޒާއަށް ބަނދަރުކުރެވޭނެ ކަމާމެދު ސުވާލުއުފައްދާފައެވެ.  

މީގެ އެއްދުވަސް ކުރިން ދަތުރުގެ ބައިވެރިއެއްކަމަށްވާ ބްރެޒިލްގެ ތިއާގޯ އަވީލާ ވެސް ވަނީ މެޑްލީން އިން ފޮނުވި ވީޑިއޯއެއްގައި އިޒްރާއިލްއިން އެމީހުންނަށް ބިރުދައްކާފައިވާ ކަމަށް ބުނެފައެެވެ. އަދި ޣައްޒާއަށް ވަނުމުގެ ކުރިން އެމީހުން ހުއްޓުވާނެ ކަމަށާއި, ދެކޮޅުވެރިކަން ދައްކައިފިނަމަ ހަމަލާ ދޭނެކަމަށްބުނެފައި ވާކަމަށްވެސް އެކްސްއަށް ދޫކޮށްލި ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ. 

Advertisement
Advertisement

އަވީލާ ވަނީ މީގެ 15 އަހަރު ކުރިން އެއެފްސީގެ ބޯޓް 'މާވީ މަރްމަރާ' އަށް އިޒްރާއިލްއިން ހަމަލާދީ އޭގެ 10 ބައިވެރިއަކު މަރާލި ހާދިސާގެ ހަނދާން އަާކޮށްފައެވެ. މާވީ މަރްމްރާވެސް ދަތުރުކުރީ ހަމަ އެ ބްލޮކޭޑް ފުނޑާލާ, ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

ނަމަވެސް އެއީ ޤާނުނީ ގޮތުން އިޒްރާއިލްއަށް ލިބިފައިވާ ހައްޤެއް ނޫންކަމަށާއި, ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ މީގެ ދޮޅުއަހަރުކުރިން ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުންވެސް އިޒްރާއިލްގެ މައްޗަށް އަމުރުކޮށްފައިވާ ކަމެއްކަމަށްވެސް އަވީލާ ވަނީ ހަނދާން ކޮށްދީފައެެވެ. 

އިޒްރާއިލްއިން މެޑްލީން އަށް ދީފާނެ ހަމަލާއަކުން އެ ބޯޓް ސަލާމަތްކޮށް ދަތުރުގެ މަޤްސަދު ހާސިކޮށްދިނުމަށް ޤައުމުތަކުގެ ވެރިންނަށް ގޮވާލާ ކެމްޕޭނެއްވެސް މީސްމީޑިއާގައި މިހާރު ކުރިއަށް އެބަދެއެވެ. 

އަދި ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުން ބޯޓާއި ގުޅިފައި ތިބި ކަމަށާއި, ބޯޓަށް އަމާޒުކޮށްދޭ ކިތަންމެ ކުޑަ ހަމަލާއަކީވެސް "ބޮޑުތަނުން ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނާ ހިލާފްވުންކަމުގައި އެފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އިޒްރާއިލްގެ ކަނޑުގެ ސިފައިން  'އިޒްރާއިލްގެ ކަނޑުގެ ސަރަހައްދަށް ބޯޓް ވަދެފިނަމަ' އެބޯޓް ހުއްޓުވާނެ ކަމަށް ބެލެވޭކަމަށް ޓައިމްސް އޮފް އިޒްރާއިލްގައި ބުނެފައި ވެއެވެ.

އިނގިރޭސި ވިލާތުގެ ދިދަ ނަގާފައި ހުރި މެޑްލީން ހުއްޓުވުމަށް އިޒްރާއިލްއިން އިނގިރޭސި ވިލާތުގެ ސަރުކާރުގައި އެދިފައި ވީނަމަވެސް އެޤައުމުން ވަނީ އެ އެދުން ބޮލާލާ ޖަހާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow