ރައީސުލްޖުމުހޫރިއްޔާ ސަޢޫދީ ވަލީޢަހުދާ ބައްދަލުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ސައުދީ ވަލީއަހުދާއި ބައްދަލުކުރެއްވުން / ފޮޓޯ: ސައިދީ ޕްރެސް

ރައީސުލްޖުމުހޫރިއްޔާ ސަޢޫދީ ވަލީޢަހުދާ ބައްދަލުކުރައްވައިފި

11 months ago - 21:55
Jun 7, 2025 - 21:57
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވައިފިއެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ އެ ބައްދަލުވުން ބޭއްވުނީ މިއަހަރު ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ހާއްސަ ބައްދަލުވުމުގެ ތެރެއިން ކަމަށާއި، އެ ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މިއަހަރު ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވުނު ބައްދަލުވުމުގައި އެކި ދައުލަތްތަކުގެ ވެރިންނާއި، އިއްޒަތްތެރިންނާއި، ހައްޖު މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒު ޙައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ ސަޢޫދީ ސަރުކާރުގެ ޚާއްސަ ދަޢުވަތެއްގައި ސައުދީ ސަރުކާރުން ފޮނުއްވެވި ހާއްސަ މަތިންދާ ބޯޓެއްގައެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement