
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔައިފި
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ އަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. 1 މިލިއަން ވަނަ ފަތުރުވެރިޔާ, އިންޑިއާގެ ކާޖަލް ސިންގް އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ފަތުތުވެރިކަމާބެގޭ ވަޒީރު ތޯރިޤް އިބްރާހިމް އެވެ.
އެއަރޕޯޓްގައި ވަނީ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުމަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ.
ފަތުރުވެރިޔާއާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގެ މަންސަ, އެކްސްގައި ޕޯސްކޮށް ވަޒީރު ވިދާޅުވެފައި ވަނީ މިއީ ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ތާރީޙްގައިވެސް އެންމެ އަވަހަށް 1 މިލިއަން ފަތުރުވެރިން ހަމަކުރެވުނު ފަހަރު ކަމަށެވެ.
ރާއްޖެއިން މިއަހަރު ވަނީ 2.3 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އަމާޒު ހިފާފައެވެ.
ރިއެކްޝަންސް






