ހެވިކަމުގެ ކުޅިވަރުތަކާއި ޕެރޭޑް ބަލަން ނިކުން މީހުން މަގުތައް ފުރާލައިފި
ެއެމްއެންޑީއެފް ޕެރޭޑްގެ ތެރެއިން: ފޮޓޯ-ރައީސް އޮފީސް

ހެވިކަމުގެ ކުޅިވަރުތަކާއި ޕެރޭޑް ބަލަން ނިކުން މީހުން މަގުތައް ފުރާލައިފި

ރައީސްގެ ދެކަނބަލުންނާއި މޯދީވެސް ކުޅިވަރުތައް ބައްލަވާލެއްވި

9 months ago - 18:50
Jul 26, 2025 - 18:51
Advertisement
Advertisement

ހެވިކަމުގެ ކުޅިވަރުތަކާއި ޕެރޭޑް ބަލަން ނިކުން މީހުން ޕެރޭޑް ކުރިއަށް ދިޔަ މަގުތައް ފުރާލައިފިއެވެ. މިއަދު ހަވީރު ހެވިކަމުގެ ކުޅިވަރުތައް އޮތީ ޖުމްހޫރީ މައިދާނުގައެވެ. އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތަކާއި ކެޑޭޓްކޯގެ ޕެރޭޑް ބޮޑަތި މަގުތަކުގައި ކުރިއަށް ދިޔައެވެ.

ސްކޫލް ކުދިންގެ ނެށުމާއި, ސަގާފީ އައިޓަމްތައްވެސް ހިމެނޭ ގޮތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ބައްލަވާލެއްވިއެވެ.

ޖުމްހޫރީ މައިދާން ސަރަހައްދާއި ޕެރޭޑް ދަތުރުކުރި މަގުތަކަށްވެސް އެތައްސަތޭކަ ބަޔަކު އެއްވިއެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން މިރޭ އޮންނާނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ އާ ޓަރމިނަލް ހުޅުވުމެވެ. ޓަރމިނަލް ހުޅުވުމާއެކު 19 ސަރަހައްދަކުން 6 މިނިޓަށް ހަވާ އަރުވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement