ތިން ގަޑިއެއްހާއިރު ފަހުން މުޅި މާލެއާ ހުޅުމާލެއަށް ކަރަންޓް ދީފި
ފުރަތަމަ ކަރަންޓް ދެވުނީ ހުޅުމާލެއަށް

ތިން ގަޑިއެއްހާއިރު ފަހުން މުޅި މާލެއާ ހުޅުމާލެއަށް ކަރަންޓް ދީފި

8 months ago - 12:11
Aug 9, 2025 - 12:15
Advertisement
Advertisement

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑި, ތިން ގަޑިއެއްހާއިރު ފަހުން އަލުން ކަރަންޓް ދީފިއެވެ.

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާކަމަށް ސްޓެލްކޯއިން ބުނީ ހެނދުނު 9:36 ގައެވެ. އަދި އަލުން ކަރަންޓް ދެވިއްޖެ ކަމަށް ބުނީ 12:13 ގައެވެ. އެކަމަކު އެ ދެމެދުގައި އެކި ސަރަހައްދުތަކަށް ކަރަންޓް ދެވެމުން ދިޔަވަރަކަށް އެމައުލޫމަތު ސްޓެލްކޯއިން ދިޔައީ ހިއްސާކުރަމުންނެވެ. ހުޅުމާލެގެ ދެ ފޭސްއަށް ކަރަންޓް ދެވުނު ކަމަށް ސްޓެލްކޯއިން ބުނީ 11:33 ގައެވެ.

ކަރަންޓް ކެނޑުމަށްފަހު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދޭން ފެށުނު ކަމަށް ސްޓެލްކޯއިން ބުނީ 10:17 ގައެވެ.

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓްގެ ކެނޑި ޚިދުމަތް މެދުކެނޑުނު ސަބަބެއް ކަމަށް ސްޓެލްކޯއިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމެވެ.

"ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ  ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް  ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން." ސްޓެލްކޯއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement