ދިވެހިރާއްޖޭގެ އެމްބީބީއެސް ޑިގްރީ އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފި

ދިވެހިރާއްޖޭގެ އެމްބީބީއެސް ޑިގްރީ އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފި

10 hours ago - 13:31
Advertisement
Advertisement

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހިންގާ އެމްބީބީއެސް (MBBS) ޕްރޮގްރާމް އިނގިރޭސިވިލާތުން ބަލައިގަނެ، އެ ގައުމުގެ މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފިއެވެ. މިއީ ރާއްޖޭގައި ހިންގާ މެޑިކަލް ޑިގްރީއެއް ބޭރު ގައުމަކުން ރަސްމީކޮށް ބަލައިގަތް ފުރަތަމަ ފަހަރެވެ.


އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއިން ދޭ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލުން (GMC) ބަލައިގަތުމާ ގުޅިގެން، ރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގައި މަސައްކަތް ކުރުމަށްޓަކައި ހަދަންޖެހޭ މެޑިކަލް ލައިސެންސިންގ އިމްތިހާން ނުވަތަ "ޕްލެބް" (PLAB) އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.


މީގެ ކުރިން އިނގިރޭސިވިލާތުގެ މެޑިކަލް ކައުންސިލުން އަމަލުކުރަމުން އައީ ރާއްޖެއިން ކިޔަވާ ކޮންމެ ދަރިވަރެއްގެ ހުށަހެޅުން ވަކިވަކިން ވަޒަންކުރާ އުސޫލަކުންނެވެ. ނަމަވެސް މިހާރު އެ ކައުންސިލުން ވަނީ އެމްއެންޔޫގެ ކޯހަކީ އެމީހުންގެ މިންގަނޑުތަކަށް ފެތޭ ކޯހެއްކަމަށް ކަނޑައަޅާފައެވެ.

މެލޭޝިއާގެ ގައުމީ ޔުނިވަރސިޓީގެ މަންހަޖަށް ރާއްޖެއާ ގުޅޭ ބަދަލުތަކެއް ގެނެސްގެން ކިޔަވައިދޭ މި ކޯހަކީ މިހާރު "ވޯލްޑް ޑައިރެކްޓްރީ އޮފް މެޑިކަލް ސްކޫލްސް" ގައިވެސް ހިމެނިފައިވާ ކޯހެކެވެ. 2019 ވަނަ އަހަރު އުފެދުނު އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއިން މިހާތަނަށް ހަތަރު ބެޗެއްގެ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.


ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތުގެ އިތުރުން އެހެން ގައުމުތަކުންވެސް ރާއްޖޭގެ މެޑިސިން ޑިގްރީ ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށާއި، މިއީ ދިވެހި ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ދިއުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement