ލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ ވިސާ ދޭން ފަށައިފި
ރައީސް ޑރ.މުއިއްޒު އާއި ލަންކާ ރައީސް: ފޮޓޯ-ރައީސް އޮފީސް

ލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ ވިސާ ދޭން ފަށައިފި

މިކަން ހަމަޖެހިގެން ދިޔައީ ދެރައީސުންގެ މަޝްވަރާތަކަށްފަހު

9 months ago - 11:22
Jul 31, 2025 - 11:23
Advertisement
Advertisement

ސްރީލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކައާ ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ ކަމެއް ކަމަށެވެ.

ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ސަރުކާރުން ވަނީ ދެ ރައީސުން ހިމެނިވަޑައިގަންނަވާ ގޮތަށް ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާއަށްދާ ދިވެހީންނަށްވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ  ސްރީލަންކާ ސަރުކާރުން ދެއެވެ. ދިވެހީންނަށް ސްރީލަންކާއިން ދޭ ވިސާގެ މއުްދަތު އިތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ސްރީލަނންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދިވެހި ވިޔަފާރިވެރިން އެގައުމުގައި އިންވެސްޓްކުރުމަށްވެސް ދައުވަތު ދެއްވާފައެވެ. އަދި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށާއި, އެހީތެރިކަން އިތުރު ކުރުމަށް އިތުރު ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement