ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ "ވެށިރައްކަލް" އޮޕަރޭޝަންގައި 14 މީހުންނާއެކު ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފި

ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ "ވެށިރައްކަލް" އޮޕަރޭޝަންގައި 14 މީހުންނާއެކު ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފި

3 months ago - 20:16
Advertisement

ފުވައްމުލަކު ސިޓީއަކީ, މަސްތުވާ ތަކެތިން ރައްކާތެރިވެފައިވާ ސިޓީއަކަށް ހެދުމަށްޓަކައި ފުލުހުން ކުރިއަށް ގެންދާ "ވެށި ރައްކަލް" އޮޕަރޭޝަންގައި 14 މީހުންނާއެކު ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފި އެވެ.

މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ސިޓީ ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި، އެސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ފަރާތްތައް ހޯދައި, އެ ސިޓީގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައި ފާސްކުރަމުން ގެންދެ އެވެ. އެގޮތުން މިހާތަނަށް 14 މީހުން ހައްޔަރުކުރިއިރު އެމީހުން އަތުން 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދިފައިވެ އެވެ. 

ފުލުހުން ބުނީ ފުވައްމުލައް ސިޓީގެ ރައްޔިތުންގެ އެއްބާރުލުން ވެސް ލިބިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަލުމުގެ ދަށުގައި ތިބީ ފަސް މީހުން ކަމަށެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހުގެ ރޭ މިއޮޕަރޭޝަންގައި މަސްތުވާތަކެތީގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރަން އުޅުމުން، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި، ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement