ކަރެކްޝަންގެ 13 އޮފިސަރަކު ހައްޔަރުކޮށްފި

ކަރެކްޝަންގެ 13 އޮފިސަރަކު ހައްޔަރުކޮށްފި

2 months ago - 19:32
Advertisement

މަނާތަކެތި ޖަލުތަކަށް ވައްދައިދީގެން ނާޖާއިޒު ފައިދާ ހޯދާފައިވާ މައްސަލާގައި ކަރެކްޝަންގެ 13 އޮފިސަރަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި 13 މީހުން ހައްޔަރުކޮށްފައި ވަނީ، މައިޖަލު ހުންނަ ކ. މާފުށިންނާއި ކ. ކާށިދޫއިން އަދި ހއ. އުތީމުން ކަމަށެވެ. މިތިން ރަށުގެ ތެރެއިން މާފުށިން ހައްޔަރުކޮށްފައި ވަނީ 9 މީހެކެވެ. ކާށިދޫއިން 2 މީހުން އަދި އުތީމުން އެކަކެވެ.

މިމައްސަލަގައި ކަރެކްޝަންގެ އޮފިސަރުންގެ ގޮތުގައި އުޅުނު 18 މީހަކު ޝާމިލްވެ އެވެ. ނަމަވެސް މީގެތެރެއިން ހަ މީހަކު މިދިޔަ އަހަރު ވަނީ ކަރެކްޝަންގެ ވަޒީފާއިން ވަކިވެފަ އެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ބަލަން ފެށި މިމައްސަލާގައި ޝަމިލްވާ މި 18 މީހުންގެ އެކައުންޓްތަކަށް  73 މިލިއަން ރުފިޔާ ޖަމާވެފައިވާ އިރު، މީގެތެރެއިން އެކަކުގެ އެކައުންޓަށް އެކަނި ވެސް އަހަރެއްގެތެރޭ 24 މިލިއަން ރުފިޔާ ވަނީ ޖަމާވެފަ އެވެ.

Advertisement

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނި، މިފައިސާތައް މިމީހުންގެ އެކައުންޓަސް ވަދެފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ ޖަލުގެ ގައިދީންގެ އެކައުންޓު ތަކަކުން ކަމަށެވެ. އެއީ މަސްތުވާ ތަކެއްޗާއި ފޯނާއި އަދި އެނޫން ވެސް ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދައިދޭން އެހީތެރިވެދީގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement