އިތުރު 17 ރަށަކަށް އައު އެމްބިއުލަންސް ފޮނުވައިފި
ރާއްޖޭގެ ރަށްތަކަށް އެމްބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް ބޭނުންވާ އެމްބިއުލަންސް ރޭ ފޮނުވައިފިއެވެ.
ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ރޯޝަނީ ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެމްބިއުލަންސްތައް ރަށްތަކާ ޙަވާލުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ޤީލާ ޢަލީއެވެ.
މިއީ އަތޮޅުތެރޭގެ 31 ރަށަކަށް އައު އެމްބިއުލަންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާ ޑިސެމްބަރު 2025 ގައި ޙަވާލުކުރި މަޝްރޫޢުގެ ދަށުން ގެނެވުނު އުޅަނދުތަކެކެވެ. އިއްޔެ ޙަވާލުކުރި 17 އެމްބިއުލަންސާއެކު، މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ޖުމްލަ 87 އައު އެމްބިއުލަންސް ޙަވާލުކުރެވިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ ބައެއް ރަށްތަކުގައި އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑި، ބަލިމީހުން އުފުލުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީއެވެ. އަދި ކުރިން ހުރި ބައެއް އެމްބިއުލަންސްތައް ބޭނުންނުކުރެވޭ ވަރަށް ބާވެފައި ހުރުމަކީވެސް މި ފިޔަވަޅު އެޅި ސަބަބެކެވެ.
ރަށްތަކަށް އެމްބިއުލަންސް ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތ. އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވަޢުދުވެވަޑައިގެންފައެވެ.
އެދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްބިއުލަންސް ބޭނުންވާ ގިނަ ރަށްތަކެއް ހުރުމާއެކު ސަރުކާރުން އެކަމަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެ ކަމަށެވެ. މިއަދު މި ފެށުނު މަސައްކަތަކީ އެ ވަޢުދުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
ރިއެކްޝަންސް





