ޕީޖީގެ މަގާމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފްގެ ނަން ފޮނުއްވައިފި
އައްބާސް ޝަރީފް: ފޮޓޯ-އެޑިޝަން.އެމްވީ

ޕީޖީގެ މަގާމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފްގެ ނަން ފޮނުއްވައިފި

7 days ago - 21:16
Sep 11, 2024 - 21:18
Advertisement

 

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފްގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅު މަޖިލިހަށް އިއްވުމަށް މިރޭ ވަނީ ދައުރުން ބޭރުން ޚާއްޞަ ޖަލްސާއެއް ބާއްވާފައެވެ. 7 މިނިޓަށް ކުރިއަށް ގެންދެވި ޖަލްސާގައި ޕްރޮސެކިއުޓަރ ޖެނެރަލަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ އަމީން ޢާއްމު ތަޅުމަށް އިއްވެވިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންފުޅުވެސް މަޖިލިހާ ހިއްސާކުރެވިކަން ސިޓީގައި ފާހަގަކުރެއްވި އެވެ. ނަމަވެސް އެހެން ބޭފުޅުންގެ ނަން ތަޅުމުގައި ހިއްސާއެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ އައްބާސް ޝަރީފްގެ ނަން ދިރާސާކުރެއްވުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. މަޖިލިހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ރިޔާސަތުން އިއުލާނު ކުރެއްވިއެވެ. އައްބާސް ޝަރީފް މިވަގުތު ހުންނެވީ  ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމްގައެވެ.

Advertisement

ޕީޖީގެ މަގާމް ހުސްވީ ރައްޔިތުންގެ މަޖިލިހުން އިތުބާރު ނެތްކަމުގެ ވޯޓް ނަގާ ހުސައިން ޝަމީމް މަގާމުން ދުރުކުރުމުންނެވެ. ނަމަވެސް ވޯޓްގެ ކުރިން އިސްތިއުފާ ހުށަހެޅުއްވި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement