މަރުވެފައި އޮއްވާ ފެނުނު މީހާގެ ގައިން އަނިޔާގެ ނިޝާނެއް ފެންނާކަށް ނެތް- ފުލުހުން
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން

މަރުވެފައި އޮއްވާ ފެނުނު މީހާގެ ގައިން އަނިޔާގެ ނިޝާނެއް ފެންނާކަށް ނެތް- ފުލުހުން

1 day ago - 11:28
Advertisement

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ގައިން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ މަރުވެފައި އޮއްވާ ފެނުނީ މ.ނަލަހިޔާ މަންޒިލް އަހުމަދު ފަޔާޒު (57) ކަމަށް ފުލުހުން ބުންޏެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މާފަންނު ގެއެއްގެ ތިންވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ. އެމައުލޫމާތު ފުލުހުންނަށް ލިބުނީ 23:33 ގައި ކަމަށް އެއިދާރާއިން ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިހާތަނަށް ބެލިބެލުމުން ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ފަދަ ކަމެއްވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement