އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

17 hours ago - 10:39
Advertisement
Advertisement

އައްޑޫ ސިޓީގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުރިއަށް ގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއެކު ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.


މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އޭއީއެޗްގައި ފެށި މި ޕްރޮގްރާމަކީ ޑޮކްޓަރުކަން ކިޔަވައިގެން ތިބި ޒުވާނުންނަށް އަމަލީ މައިދާނުގައި ތަމްރީނު ހޯދުމަށް ހުޅުވާލި ފުރުސަތެކެވެ. މި ފުރަތަމަ ބެޗްގައި ޖުމްލަ ހަތަރު ޒުވާނުން ތަމްރީނު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިއެކެވެ.


އިންޓާންޝިޕް ނިންމުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފުލާގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަދީލް ނަސީރެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމާއެކު، މި ބައިވެރިންނަށް މިހާރު ވަނީ ރަސްމީކޮށް ޑޮކްޓަރުކަން ކުރުމުގެ ހުއްދަ ލިބިފައެވެ.


ފުރަތަމަ ބެޗްގެ ކާމިޔާބީއަށްފަހު، އޭއީއެޗުން މިހާރު ވަނީ މި ޕްރޮގްރާމްގެ ދެވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. ޖުމްލަ 15 ޖާގަ ހިމެނޭ މި ބެޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.


ރާއްޖޭގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު އޭއީއެޗްގެ އިތުރުން ފޯރުކޮށްދެނީ މާލެ ސަރަހައްދުގެ އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުންނެވެ. އަތޮޅުތެރޭގެ ހޮސްޕިޓަލަކުން މިފަދަ ފުރުސަތެއް ފަހިވެގެން ދިއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement