
ތިލަފުށީގައި ލަންކާ މީހެއްގެ ގައިމަތިން ޕިކަޕެއްގޮސް, ސީރިއަސް ހާލަތެއްގައި
ތިލަފުށީގައި ހިނގި އެކްސިޑެންޓަކާ އގުޅިގެން ލަންކާ މީހެއްގެ ގައިމަތިން ޕިކަޕެއްގޮސް, އެމީހާގެ ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު މެންދުރުފަހު މިހާދިސާ ހިނގީ އެކްސްކަވޭޓަރެއް ކައިރީ މަސައްކަތްކުރަން ހުރި މީހެއްގެ ގައިގަ ލޮރީއަކުން ޖެހި ވެއްޓި, އެމީހާ ގައިމަތިން ލޮރީ ގޮސްގެންކަމަށެވެ. އަނިޔާވި ސްރީލަންކާ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. ހޮސްޕޮޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ އެމީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ލޮރީ ޓޯކޮށް, ލޮރީ ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައި އިންޑިޔާ މީހެއް ކަމަށްވާ ވިގްނޭޝް އަނަދޫރިއާ (28އ) އެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






