
އެމްޕީއެލްގެ ބޯޑަށް މުޙައްމަދު ވަޙީދު އައްޔަން ކުރައްވައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހއ. ފިއްލަދޫ، މަބުސްތާނުގެ، މުޙައްމަދު ވަޙީދު އައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ވަޙީދަކީ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަމުގެ އިތުރުން ވެމްކޯ އާއި ހައުސިން މިނިސްޓްރީގެ އިސް މަގާމުތަކެއް އޭނާ އަދާކުރައްވާފައި ވެއެވެ.
2023 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން މިދިޔަމަހުގެ 6 ވަނަ ދުވަހު ބޯޑު މެންބަރުކަމުން ވަކިކުރުމާއި ހިސާބަށް ވަހީދު ހުންނެވީ އެޗްޑީސީގެ ބޯޑު މެންބަރުކަމުގެ މަޤާމުގައެވެ.
ރިއެކްޝަންސް






