ދަނގެތީގައި އައު އިންޖީނުގެއެއް އަޅަނީ، މަޝްރޫޢު އެއްބަސްވުމުގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ

ދަނގެތީގައި އައު އިންޖީނުގެއެއް އަޅަނީ، މަޝްރޫޢު އެއްބަސްވުމުގައި ސޮއިކޮށްފި

5 hours ago - 17:48
Apr 23, 2025 - 17:58
Advertisement
Advertisement

އދ. ދަނގެތީގައި އައު އިންޖީނުގެއެއް އެޅުމަށްޓަކައި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.  

ސްޓެލްކޯގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީން އެވެ.

އިންޖީނުގޭގެ އިތުރުން ކަސްޓަމަރ ސަރވިސް ބިލްޑިންގ އަކާއި، އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ މި މަޝްރޫޢުގެ އަގަކީ 14،870،413 ރުފިޔާއެވެ. މި މަޝްރޫއު ގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދާއި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައި ގެންނެވި އެވެ.

Advertisement
Advertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވެފައި، ކަރަންޓުގެ ބޭނުން އިތުރުވަމުންދާތީ، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއްކަމަށެވެ. މި މަޝްރޫޢު ނިމުމުން ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު ވިދާޅުވީ މިއީ ދަނގެތީގެ ރައްޔިތުންގެ ގިނަ ދުވަހުގެ އިންތިޒާރަކަށް ނިމުމެއް އައި ދުވަހެއް ކަމަށާއި، މިހާރުގެ އިންޖީނުގޭގެ ސަބަބުން ކައިރީގައި ހުރި ގެތަކަށާއި ގެސްޓްހައުސްތަކަށް ދިމާވާ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.

ދަނގެތީ ކައުންސިލްގެ ރައީސް މުޢާވިޔަތު ރަޝީދު ވިދާޅުވީ މިއީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިހާރުގެ އިންޖީނުގޭގެ ސަބަބުން ގިނަ ފަރާތްތަކަކުން އެ ސަރަޙައްދުގައި އިމާރާތްކުރަން ނުފެށި ތިބިކަމަށާއި، މި މަޝްރޫޢާއެކު އެ މައްސަލައަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement