ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
ެގެދޮރުވެރިޔާ ފްލެޓެއް: ފޮޓޯ-އެފްޑީސީ

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

8 months ago - 16:40
Sep 11, 2025 - 16:41
Advertisement
Advertisement

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފަށައިފިއެވެ.

އެކޯޕަރޭޝަންގެ ސޯޝަލް މީޑިޔާ މަންސަތަކުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުން ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކަށް ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް އެޗްޑިސީ ޕޯޓަލްއިން މިއަދު ފަށާފައިވާ ކަމަށެވެ. ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރީޔާއިން ތަޅުދަނޑި ހަވާލުކުރުމަށް ތާވަލްކުރަމުންދާނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ފުރަތަމަ ތަޅުދަނޑި ހަވާލުކުރަނީ އަމާން އުދަރެސްގެ ބައެއް ފްލެޓްތަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހަވާލުކުރަނީ އަމާން އުދަރެސް 14 ވަނަ ޓަވަރުންނެވެ. ތަޅުދަނޑި ހަވާލުކުރަނީ ޑައުންޓް ޕޭމަންޓް ދެއްކުމުންނެވެ. ޑައުންޓް ޕޭމަންޓް ދައްކަންވެސް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ދަނީ އަންގަމުންނެވެ.

އެފްޑީސީން ވިދާޅުވީ ފްލެޓްތަކުގެ އަސާސީ ޚިދުމަތްތައް ގާއިމްކޮށް ނިމެމުންދާ ވަރަކަށް ތަޅުދަނޑު ހަވާލުކުރަމުންދާނެ ކަމަށެވެ. އެކަމަކު ފްލެޓް ނިމުނަސް ތަޅުދަނޑު ހަވާލުކުރާނީ ޑައުންޓް ޕޭމަންޓް ދެއްކުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement