މިއަހަރު ރާއްޖެއިން ހައްޖަށް ދެވޭނެ ކަމަށް ކިޔުގައި ތިބި އެންމެންނަށް ޔަގީންކަން ދެއްވައިފި
ޔަގީންކަން ދެއްވީ ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި

މިއަހަރު ރާއްޖެއިން ހައްޖަށް ދެވޭނެ ކަމަށް ކިޔުގައި ތިބި އެންމެންނަށް ޔަގީންކަން ދެއްވައިފި

2 days ago - 05:21
Mar 24, 2025 - 05:21
Advertisement
Advertisement

މިއަހަރު ރާއްޖެއިން ހައްޖަށް ދެވޭނެ ކަމަށް ކިޔުގައި ތިބި އެންމެންނަށްވެސް ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ. މިޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.

" އިންޝާ ﷲ. އަދި މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Advertisement

މީގެ އިތުރުން ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އުސޫލެއް ޤާއިމްކޮށް ގެޒެޓުކޮށްފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ޙައްޖާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްގެ ގޮތުގައި މިދައުރުގެ ކޮންމެ އަހަރަކު 50 ފަގީރުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވަން ނިންމަވާ އެކަންވެސް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement