ޕެނަޑޯލް ބޭނުންކުރުން ހުއްޓާލަން އަންގައިފި
ކޮލިޓީ ދަށްވުމުގެ ސަބަބުން ޕެނެޑޯލްގެ ވަތްތަރެއް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އަންގަވައިފި
ކޮލިޓީ ދަށްވުމުގެ ސަބަބުން ޕެނެޑޯލްގެ ވަތްތަރެއް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އަންގަވައިފިއެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖެ އެތެެރެކޮށް ވިއްކައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޓަކައި 'ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން' ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނަކަމަށެވެ.
މާކެޓުން ނަގާފައިވާ ސާމްޕަލްގެ ތެރެއިން ސްރީލަންކާގެ ސްމިތްކްލިން ބީޗަމް ކުންފުނިން އުފައްދާފައިވާ ޕެނެޑޯލް 500 މިލިގްރާމްގެ ބޭސް ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އާއްމުގޮތެއްގައި ބޭސް ގުޅައަށް މިހެން ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުންކަމަށެވެ. އަދި މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ "އިފެކްޓް" ނުކުރުމުގެ ފުރުޞަތު ބޮޑުކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.
އެހެންވެ އެ ބޭހުގައި މައްސަލައެއް ވޭތޯ އިތުރަށް ބަލައި ދިރާސާކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ތަހުގީގު ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށް ވަނީ އެދިފައެވެ.
މި ޕެނެޑޯލަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބޭހެވެ. މި ބްރޭންޑުގެ އިތުރުން ޕެރެސެޓަމޯލް 500 މިލިގްރާމްގެ އިތުރުން 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގް ލިސްޓުގައި ހިމެނޭކަން އެމްއެފްޑީއޭއިން ފާހަގަކުރައްވައެވެ.
ރިއެކްޝަންސް