ވ.ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ, ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށާފި
މައްސަލާގައި ހައްޔަރުކުރި ތިން މީހުން: ފޮޓޯ- ދިވެހި ފުލުހުން

ވ.ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ, ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށާފި

ތިން މީހުން ހައްޔަރުކުރި

1 month ago - 11:33
Advertisement

ވ.ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ, ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށާފި އެވެ. 

ފުލުހުން ވިދާޅުވީ ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ މާލެ, މ.ލުކަސް ގާޑެން އަހުމަދު އަޝްރަފް އާއި, ގދ.ތިނަދޫ ބުލޭހެވަން އާގެ އަމްޖަދު މުހައްމަދާއި, ސްރީލަންކާ ނާލިން އިންޑިކާ ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލައާ ގުޅިގެން ބަލާ ފާސްކުރިއިރު 24 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. މި މަމައްސަލައާ ގުޅިގެން އޮޕަރޭޝަން ހިންގީ ޑްރަން އެންފޯސްމަންޓް ޔުނިޓާއި, ފުލުހުންގެ އިންޓެލިޖެންސާއި, ވ.އަތޮޅު ޕޮލިސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement