ގެވެށި އަނިޔާގެ މައްސަލައެއްގައި ބަލާފަސްކުރަނިކޮށް, ގިނަ އަދަދެއްގެ ވޭޕް ފެނިއްޖެ
ފުލުހުންނަށް ފެނުނު ވޭޕް ފްލޭވަރ ފުޅިތައް: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ގެވެށި އަނިޔާގެ މައްސަލައެއްގައި ބަލާފަސްކުރަނިކޮށް, ގިނަ އަދަދެއްގެ ވޭޕް ފެނިއްޖެ

242 ވޭޕް ފްލޭވަރ ފުޅި ފެނުނު

1 year ago - 11:03
Aug 8, 2025 - 11:03
Advertisement
Advertisement

ގެވެށި އަނިޔާގެ މައްސަލައެއްގައި ބަލާފަސްކުރަނިކޮށް, ގިނަ އަދަދެއްގެ ވޭޕް ފެނިއްޖެއެވެ.

މިމައްސަލަ ކުރިމަތިވީ ހުޅުމާލެ ފޭސް ދޭކުން ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ. ރޭ 9:14 ހާއިރު ފުލުހުންނަށް ރިޕޯރޓް ކުރީ ގެވެށި އަނިޔާގެ މައްސަލައެކެވެ. އެކަމަކު އެމައްސަލައާ ގުޅިގެން އެޕާޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ ފުޅިތައް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

242 ވޭޕް ފްލޭވަރ ފުޅި ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement