ތާރީޚީ ކާމިޔާބީއެއް: ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު އެންމެ 50 ދުވަހުން ނިންމާލައިފި

ތާރީޚީ ކާމިޔާބީއެއް: ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު އެންމެ 50 ދުވަހުން ނިންމާލައިފި

12 hours ago - 16:16
Advertisement
Advertisement

ހއ. ދިއްދޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ 50 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައިފިއެވެ. މިއީ އެ ރަށުގެ ތަރައްގީގެ ތާރީޚުގައި ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.


މި މަޝްރޫއުގެ މަސައްކަތް ނިމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމަކީ އެ ރަށުގެ ތަރައްގީގެ ދަތުރުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.


މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ޑްރެޖަރު ދިއްދޫއަށް ގެންގޮސްފައިވަނީ 3 ޖެނުއަރީ 2026 ގައެވެ. އަދި ބިން ހިއްކުމުގެ ރަސްމީ މަސައްކަތްތައް 4 ޖެނުއަރީ 2026 ގައި ފަށާފައިވާއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމާލާފައިވަނީ 23 ފެބުރުވަރީ 2026 ގައެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ ފަޅުން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތަށްޓަކައި 5،492،089 ކިއުބިކް މީޓަރުގެ ވެލި ކޮނެގެން ބޭނުންކޮށްފައިވެއެވެ.

Advertisement
Advertisement


ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ރަށުގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކަށް އާ ފުރުސަތުތަކެއް ހުޅުވި، މިއީ ރަށުގެ ދިގުމުއްދަތުގެ ކުރިއެރުމާއި ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.                  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement