ފ. އަދި ދ . އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށަނީ
Ferry services: photo- MTCC

  ފ. އަދި ދ . އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށަނީ

19 hours ago - 08:48
Feb 17, 2026 - 08:48
Advertisement
Advertisement

ސަރުކާރުން ކުރިއަށްގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނިޒާމު" ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް ފ. އަތޮޅާއި ދ. އަތޮޅުގައި ރަސްމީކޮށް ފެށުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ. 


މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ދެ އަތޮޅުގައި ފެރީގެ ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން މިހާތަނަށް ކުރިއަށްގެންދިޔަ ހިލޭ ދަތުރުތައް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލާނެކަމަށެވެ. އަދި ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން މި ދެ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ދެމުންދާނީ ޓިކެޓު ގަނެގެން ދަތުރުކުރާ އުސޫލުން ކަމަށެވެ. 


އާރްޓީއެލްގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އާރްޓީއެލް ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދުރާލާ ޓިކެޓް ބުކް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. 


މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފާފު އަދި ދާލު އަތޮޅުގައި ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ 14 އަތޮޅެއްގައި މިހާރު މި ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުމަށް ކުރައްވަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

Advertisement
Advertisement


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، އަދި އެކަށީގެންވާ ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ރައްކާތެރި ނިޒާމެއް ގާއިމުކޮށްދިނުމެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އަތޮޅުތެރޭގެ ވިޔަފާރިތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement