ސަމާލުވޭ! މިއަދާއި މިރޭ ވަރަށް ވިއްސާރަވާނެ: މެޓް އޮފީސް
rރާއްޖެއާށް މޫސުން ގޯސް

ސަމާލުވޭ! މިއަދާއި މިރޭ ވަރަށް ވިއްސާރަވާނެ: މެޓް އޮފީސް

11 months ago - 12:03
May 7, 2025 - 12:13
Advertisement
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދާއި މިރޭ ވަރަށް ބޮޑަށް ވިއްސާރަވާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް  މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުމަށް ފެށެންވީމާ ކުރާ "ދެ މޫސުން ބެދޭ ވިއްސާރަ" ކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް މެޓް އޮފީހުން މިހާރު ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. ހއ. އަތޮޅުން ފ. އަތޮޅަށް ނެރުނު ހުދު ސަމާލުގައި މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށްވާރޭ ވެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި ކަނޑުތައް ބޮޑަށް ގަދަވާނެ ކަމަށެވެ.

އެހެންކަމުން އެއްގަމާއި ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement