ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގެނައި އިސްލާހު އުވާލަން މަޖިލީހަށް ހުށަހަޅައިފި

ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގެނައި އިސްލާހު އުވާލަން މަޖިލީހަށް ހުށަހަޅައިފި

12 hours ago - 14:43

ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް، ރާއްޖެއިން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޓެކްސް ނަގާގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އެޖެންޓުންގެ އަތުން ޓެކްސް ނެގުމަށްޓަކައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) ގައި ހިމަނާ ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ އެންމެހައި މާއްދާތައް އުނިކުރުމެވެ.

ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރުމުގެ ގޮތުން ބޭރުގެ އެޖެންޓުންނާ، ޕްލެޓްފޯމުތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

ނަމަވެސް، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ޓެކްސް ނަގަން ފެށުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންގެ އެސޯސިއޭޝަންތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow