އިސްލާމީ  ޔުނިވަރސިޓީގެ އުނގޫފާރު ކެމްޕަސް ހުޅުވައިފި

އިސްލާމީ ޔުނިވަރސިޓީގެ އުނގޫފާރު ކެމްޕަސް ހުޅުވައިފި

އިސްލާމީ ޔުނިވަރސިޓީގެ އުނގޫފާރު ކެމްޕަސް ހުޅުވައިފި

9 months ago - 14:00
Jan 20, 2024 - 16:06
Advertisement

އުނގޫފާރު ކެމްޕަސް ހުޅުވައިދެއްވީ އެކަމަށްޓަކައި އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ މިއަދަކީ ތަޢުލީމު ފޯރުކޮށްދިނުމަށް އެޔުނިވަރސިޓީން ކުރާ މަސައްކަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ދުވަހެއްކަމަށެވެ.

އަދި މިފުރުސަތު ފަހިކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދަށް ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި އޭނާގެ އުފަން ރަށް އުނގޫފާރުގައި ހަދާފައިވާ އިސްލާމީ މަރުކަޒު ދިވެހިރާއްޖޭގެ އިސްލާމީ  ޔުނިވަރސިޓީގެ ދަށަށް ބަދަލުކޮށްދެއްވާފައި ވަނީ ނިމިދިޔަ ނޮވެންބަރ މަހުގައެވެ.

Advertisement

އުނގޫފާރު އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވަރސިޓީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ސައީދު ބިން ގާސިމްއެވެ.

ރާއްޖޭގެ އުތުރުގައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައި.ޔޫ.އެމް ގެ ކެމްޕަސް ހިންގާނީ ރ.އުނގޫފާރުގައި ހުރި އިސްލާމީ މަރުކަގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement