އެމެޖެންސީ ކޭސްތަކަށް ފްލައިޓްގެ ޝެޑިއުލުން އިސްކަންދޭން އުސޫލު ބަދަލުކޮށްފިން: މިނިސްޓަރ އަމީން
މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްދާ އެއް ކަމަކީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން. މި ޚިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެ: މިނިސްޓަރ
އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާ ބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ އެއާ އެންބިއުލާންސްގެ ޚިދުމަތް ތައާރަފް ކުރުން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ﷲގެ ވާގިފުޅާއެކު އަންނަ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއާއެންބިއުލާންސްގެ ޚިދުމަތް ސަރުކާރުން ފައްޓަވާނެ ކަމަށެވެ.
އެމެޖެންސީ ކޭސްތައް ނެގުމުގައި ގެންގުޅޭ އުސޫލު ބަދަލު ކުރައްވާފައިވާކަން މިނިސްޓަރ ހާމަކުރައްވާފައި މިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު މާލެ ގެނައުމުގައި ލަސްތަކެއްވެ އެރަށުގައި ރައްޔިތުން ނުކުމެ ނުރުހުން ފާޅު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރިއެކްޝަންސް