ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރަން ޖެހޭ: ވަޒީރު

ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރަން ޖެހޭ: ވަޒީރު

ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރަން ޖެހޭ ކަމަށް ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ

8 months ago - 23:46
Jan 21, 2024 - 09:42
Advertisement

ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރަން ޖެހޭ ކަމަށް ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ތުއްތު ކަމަނަ ސިލްސިލާ"ގެ ނަމުގައި އަމިއްލަ ފަރާތަކުން ކުޑަކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ސިލްސިލާގެ ފުރަތަމަ ބައި އިފްތިތާޙު ކޮށްދެއްވުމަށް މިއަދު ބޭއްވި ޙަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ދިވެހީން ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކޮށް އުޅުނުއިރު ދިވެހީން އުފެއްދި އުފެއްދުންތައް މާ މޮޅުވެފައި ފުރިހަމަ ކަމަށެވެ. މިކަމުގެ މިސާލު ދައްކަވަމުން ވަޒީރު ވިދާޅުވީ އެހާރުގެ ދިވެހީންގެ އޮޑިދޯނިފަހަރާއި އޭރުގެ ދިވެހީން ބިނާކުރި މިސްކިތްތަކުން ދިވެހި ވަންތަކަން ފެންނަން ހުންނަ ކަމަށެވެ.

Advertisement

އެއީ ދިވެހީންނަށް ދިވެހީންގެ އަމިއްލަ އަގު ވިސްނިފައި އޮތުމުގެ ސާފު ނަތީޖާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތުއްތު ކަމަނަ ސިލްސިލާ އަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމަސައްކަތް ކިތަންމެ ކުޑަކޮށް ފެންނަން އޮތް ނަމަވެސް މިއީ ޤައުމީ ނިސްބަތުގައި ބޮޑު އަދި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ އެހެން ފަރާތްތަކުންވެސް މިކަހަލަ ކަންކަމުން ހިތްވަރު ހޯއްދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

އެފަދަ މަސައްކަތްތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ތެރެއިން މިހާރަށްވުރެވެސް ބޮޑަށް ތަރުޙީބު ދެވޭނޭ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތުއްތު ކަމަނަ ސިލްސިލާ" އަކީ ތުއްތު ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖައްސައި، ދިވެހިބަހަކީ އެކުދިން ޝައުޤުވެރިވާ ބަހެއްގެ ގޮތުގައި ހެދުމާއި ތުއްތު ކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ފަސޭހަކަމާއެކު ދިވެހިބަސް ދަސްކޮށްދިނުމުގެ މަޤުޞަދުގައި އަމިއްލަ ފަރާތަކުން އެކުލަވާލާ ތައްޔާތުކޮށްފައިވާ ވީޑިއޯ ސިލްސިލާއެކެވެ.

މި ސިލްސިލާ ތައްޔާރު ކޮށްފައިވަނީ މީގެ ކުރިންވެސް ދިވެހިބަހުން ކުޑަކުދިންނަށް ޚާއްޞަ ފޮތް ތައްޔާރުކޮށްފައިވާ ފަރާތެއް ކަމަށްވާ ޝިމްލާ އަޙްމަދެވެ.

ޝިމްލާއަށްވަނީ ސަރުކާރުން ޤަބޫލު ކުރާ ފެންވަރަށް ކުޑަކުދިންގެ ފޮތް ތައްޔާރުކުރާ ފަރާތްތަކަށް ދެއްވާ އިނާމު 2004 ވަނަ އަހަރު ލިބިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement