ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އައިސީޔޫގައި ފަރުވާދެނީ

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އައިސީޔޫގައި ފަރުވާދެނީ

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 11:30 ހާއިރު

8 months ago - 00:50
Jan 21, 2024 - 01:02
Advertisement

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. 

ފުވައްމުލަކު ދޫނޑިގަމުގައި މިރޭ މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ އެގާރަގަޑި ބައި ހާއިރު ކަމަށް އަމާޒް މީޑިއާއަށް މައުލޫމާތު ލިބިފައި ވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރައެވެ. 

އަމާޒްމީޑިއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދެމުން އަންނަ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެންދެވޭވަރަށްވުރެންވެސް ހާލު ދެރައެވެ. 

Advertisement

މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. 

މިއީ ފުވައްމުލަކުގައި މަހެއްގެ ތެރޭގައި ހިނގި ނުރައްކާތެރި ދެވަނަ އެކްސިޑެންޓެވެ. 

މިމަހު ކުރީ ކޮޅު ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި މިހާރުވެސް އަންނަނީ ފަރުވާދެމެުންނެވެ. 

ތަފްސީލް އަންނަނީ...

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement