މަގުތަކުގައި ފެން ހިނދި ޢާއްމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ
ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ: ފޮޓޯ- އެމްއެންޑީއެފް

މަގުތަކުގައި ފެން ހިނދި ޢާއްމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ

ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުވެސް ނުދުއްވަން ވަނީ އެދިފަ

1 year ago - 19:06
Jan 3, 2025 - 19:07
Advertisement
Advertisement

މާލޭގެ މަގުތަކުގައި ފެން ހިނދި ޢާއްމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދު ނުދުއްވަން ފުލުހުން އެދިއްޖެއެވެ.

ބަރު އުޅަނދު ނުދުއްވަން ފުލުހުން އެދުނީ މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށްބޮޑަށް ފެންބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވެފައި ވާތީއެވެ. ފުލުހުން ވަނީ ހަތަރު ފުރޮޅުލީ އުޅަނދުވެސް ޒަރޫރީ ބޭނުމަކަށް ނޫނީ ނުދުއްވަން އެދިފައެވެ.

މާލެއަށް މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން ފެންބޮޑުވެ ސިފައިން ގެންދަނީ މާލޭގެ 3 ސަރަހައްދެއްގައި 11 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސް ފެން ވަރަށްބޮޑުވެ، ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އެގޮތުން އެމަސައްކަތް އެންމެ ފަހުން ފެށީ ކ.ގުރައިދޫގައެވެ.

މޫސުންގޯސްވެ، މޫސުމާއި ބެހޭ އިދާރާއިން ނެރުނު އޮރެންޖް ސަމާލުވެސް ވަނީ މިރޭ 11:00 އާ ހަމައަށް ދަންމާލާފައެވެ. އޮރެންޖް ސަމާލު ނެރުނީ ބ އަތޮޅުން ތ އަތޮޅަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement