ޖިމީ ކާޓަރ ގެ ލެގަސީ: ފަލަޞްޠީނުގެ މިނިވަންކަމަށް އުފުލި ކެރުންތެރި އަޑެއް
100 އަހަރުގައި އަވަހާރަވި އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަކީ ފަލަޞްޠީނުގެ ޙައްގުގައި ދެގޮތެއްނުވެ ވެރިކަމުގެ ކުރިން, އަދި ފަހުންވެސް މަސައްކަތްކުރެއްވި ހަމައެކަނި އެމެރިކާގެ ރައީސް
އެމެރިކާގެ 39 ވަނަ ރައީސް, ޖިމީ ކާޓަރ އަވަހާރަވީ އުމުރުން 100 އަހަރުގައި 2024 ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. ކާޓަރ އޭނާގެ ޙަޔާތް ބިނާކުރެވީ ހިތްވަރުގަދަ ކަމާއި 'މޯރަލް ކްލެރިޓީ' ގެ މައްޗަށެވެ.
ރައްޔިތުންގެ ޚިދުމަތުގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ކާޓަރގެ މުޅި ޙަޔާތުގައިވެސް އެއްކަމެއްގައި ސާބިތުވެ ހުންނެވިއެވެ. ސުލްޙަ އާއި އިންސާނީ ކަރާމާތަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި އެވެ. އެމެރިކާ އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް މެއެވެ.
ޤަރުނެއް ފަހުން ދުނިޔޭގެ އަލިކަމާ ވަކިވިނަމަވެސް ކާޓަރ ގެ ލެގަސީއަކީ މުޅި ދުނިޔެއަށް އަލިކޮށްދިން ދަންމަރެކެވެ. ޙާއްސަކޮށް ފަލަޞްޠީނަށްޓަކައެވެ. ދެގޮތެއްނުވެ ފަލަޞްޠީނުގެ މިނިވަންކަމަށްޓަކައި, އަދި ފަލަޞްޠީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތަށްޓަކައި ކާޓަރ ކުރެއްވި މަސައްކަތް ޕުޅެވެ. އެމެރިކާގެ އެހެން ރައީސަކު, ނުވަތަ އަރަބި/އިސްލާމީ އެހެން ލީޑަރަކު ފަލަޞްޠީނުގެ މިނިވަންކަމަށް ނުދެއްވާ އަހައްމިއްޔަތު ކާޓަރ ދެއްވިއެވެ.
1966 ވަނަ އަހަރު ފަލަޞްޠީނުގައި އެމީހުންގެ ވެރިއަކު ހޮވަން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވިއިރުވެސް ކާޓަރ ފަލަޞްޠީނުގެ ރައްޔިތުންނާއެކު ހުންނެވިއެވެ. ފަލަޞްޠީނުގެ ބިންތަކަށް ވެރިވަމުންދިޔަ އިޒްރާއިލްގެ ސަރުކާރުގެ ވެރިންނާ އެކު މަޝްވާރާކޮށް 'އޮސްލޯ ޕީސް އެކޯޑްސް' ގެ ނަމުގައި ފަލަޞްޠީނަށް ދަޢުލަތެއްގެ މަޤާމް ކަށަވަރުކޮށްދިނުމަށް ރައީސް ކަމުގައި ހުންނަވައިގެން އަދި އޭގެ ފަހުންވެސް މަސައްކަތް ކުރެއްވި އާރުކާޓީ އަކީ ކާޓަރ އެވެ.
އޮސްލޯ ޕީސް އެކޯޑްސް ބިނާވެފައިވަނީ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ރެސޮލިއުޝަން 242 އަދި 338 ގެ މައްޗަށެވެ. އޭރު އިޒްރާއިލް ދަޢުލަތެއްގެ ގޮތުގައި ޕަލަޞްޠީނިއަން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ބަލައިގަތުމާއި އިޒްރާއިލްއިން ޕީއެލްއޯ ބަލައިގަތުމާއި އެކު އެއްބަސްވުމުގެ ދެފަރާތުގެ ބައިވެރިންގެ މެދުގައި ސުލްޙައަށް މަސައްކަތް ކުރުމަށް މެދުގައި އިންނެވީ ކާޓަރ އެވެ.
އާޚިރުގައި އޮސްލޯ ޕީސް އެކޯޑްސް އުއްމީދު ކުރިގޮތަށް ފަލަޞްޠީނަށް މިނިވަންކަން ހޯދައިދިނުމުގައި ނާކާމިޔާބު ވީ ނަމަވެސް, ކާޓަރ ޤަބޫލުކުރެއްވީ ފަލަޞްޠީނުގެ ވެރިއަކު ހޮވުމަށް ފަލަޞްޠީނުގެ ރައްޔިތުން ވޯޓްލުމަކީ މުޙިއްމު ކަމެއްގެ ގޮތުގައެވެ. އެއީ ރައްޔިތެއްގެ ގޮތުގައި ފަލަޞްޠީނުގެ ރައްޔިތުން ބާރުވެރިވެ, ސުލްޙައާއި އިންސާފު ހޯދުމަށް މަސައްކަތްކުރުމަށް ފަލަޞްޠީނަށް ލިބުނު ފުރަތަމަ ފުރުޞަތެވެ.
ފަލަޞްޠީނުގައި ފުރަތަމަ ވޯޓްލުން އޮތް ދުވަހު ކާޓަރ ވެސް ހުންނެވީ ފަލަޞްޠީނުގެ ބިމުގައެވެ. ފަލަޞްޠީނުގެ ރައްޔިތުންނާއެކުއެވެ. އެ ވޯޓަކީ ފަލަޞްޠީނުގެ ރައްޔިތުންގެ މިނިވަންކަން ތަޞައްވަރުކުރުމުގެ މަސައްކަތްކުރުމަށް ކުރަހާލި ފުރަތަމަ ރޮނގެވެ. އިސްތިއުމާރީ ބާރުތަކުން ބަނަވެ ވިއްސިވިލާލި ވެފައިވާ ފަލަޞްޠީނުގެ އުދަރެހުގައި އުޖާލާ މުސްތަގުބަލެއްގެ ޗާޓު ފާޅުވެލި ރަމްޒީ ދުވަހެކެވެ.
ޖިމީ ކާޓަރެ ގެ ކާޓަރ ސެންޓަރުގެ މައިގަނޑު މަޤްސަދަކީ ދުނިޔެގެ ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ރަނގަޅު ކުރުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމެވެ. 2005 ވަނަ އަހަރު ފަލަޞްޠީނުގެ ރިޔާސީ އިންތިޙާބު އޮބްޒަރވް ކުރުމަށް ކާޓަރ ސެންޓަރުގެ ފަރާތުން ފަލަޞްޠީނަށް ވަޑައިގެންނެވީ ވެސް ހުދު ކާޓަރ އެވެ.
ސްލްޙައަށް ކުރެވުނު ގިނަ މަސައްކަތްތަކުނެ ނަތީޖާއާ ހަމައަށް ވާޞިލް ނުވެވި އިޒްރާއިލްގެ އިސްތިޢުމާރީ ބާރުން ފަލަޞްޠީނުގެ ބިންތައްކަށް އިންތިހާއަށް ވެރިވެފައި އޮތް އޮތުން ހުދު ކާޓަރ ގެ އަމިއްލަފުޅު ދެ ލޮލުން އެދަތުރުފުޅުގައި ދެކެވަޑައިވަޑައިގަތެވެ. އެދަތުރުގައި ޤުދުސްގައި ކާޓަރ ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންވި ފަލަޞްޠީނުގެ ބައެއް އިސް އޮފިޝަލުން އިޒްރާއިލް އިން ހައްޔަރުވެސް ކުރިއެވެ.
2006 ވަނަ އަހަރު "ޕަލަޞްޠައިން: ޕީސް ނޮޓް އެޕާތައިޑް" ގެ ނަމުގައި ކާޓަރ ފޮތެއް ޕަބްލިޝްކުރެއްވިއެވެ. އެފޮތުގައި ބަޔާންކޮށްފައިވާ ހަޤީގަތާއެކު އޭރު މުޅި އެމެރިކާގެ ސިޔާސީ ކަންކަން ބައްޓަންވެފައި އޮތްގޮތަށް ޝޮކެއް ލިބުނެވެ. އެމެރިކާގެ ރައީސް ކަމުގައި ހުންނަވައިގެން އަދި އޭގެ ފަހުންވެސް ކާޓަރ މެދުއިރުމަތި, ޙާއްސަކޮށް ފަލަޞްޠީނުގެ މިނިވަންކަމަށް ކުރެއްވި މަސައްކަތްތަކާއި ދެއްވި އަޙައްމިއްޔަތަކީ އެފޮތުގެ ހަޤީގަތެވެ. މިއަދު އެމެރިކާގެ ސިޔާސީވެރިން ފޮހެލަން ބޭނުންވި އެމެރިކާގެ ޑިޕްލޮމަސީގެ ބާބެކެވެ.
އެ ފޮތުގައި ކާޓަރ ބާޔާންކުރެއްވި ގޮތުގައި ފަލަޞްޠީނުގެ މިނިވަންކަމާއި އަބުރުވެރިކަން ނެތި ދުނިޔެއަށް ސުލްޙަ ލިބުމެއް ނެތެވެ. ފޮތުގައި ކާޓަރ ބަޔާންކުރެއްވި ހަޤީގަތާއެކު އިޒްރާއިލް އަދި އެމެރިކާގެ ބައެއް ފަރާތްތަކުން ކާޓަރ އަކީ ޔަހޫދީންނާއި ދެކޮޅު މީހެއްގެ ގޮތުގައި ސިފަކުރިއެވެ. ކާޓަރ ނިސްބަތްވާ ޑެމޮކްރަޓިކް ޕާޓީންނާއި އެމެރިކާގެ އިސްވެރިންގެ ކާޓަރ އެކަހެރި ކުރެއްވިއެވެ.
އިޒްރާއިލް އިން ކާޓަރ އަކީ 'އެންޓައި-ސެމެޓިކް' ބޭފުޅެއްގެ ގޮތިގައި ސިފަކުރައްވާ ކާޓަރ އަކީ އިޒްރާއިލްގެ ވަޒަންވެރިކަމުގެ ސިޔާސަތު އަދި ޔަހޫދީން ފަލަޞްޠީނުގެ ބިންތަކުގައި ތިބުމަށް ދެކޮޅުހަދާ މީހެއްގެ ގޮތުގައި ސިފަކުރިއެވެ. 2015 ވަނަ އަހަރު ކާޓަރ އިޒްރާއިލްއަށް ކުރެއްވި ޒިޔާރަތުގައި އިޒްރާއިލްގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާޓަރ އާ ބައްދަކުކުރުމަށް އިންކާރު ކުރިއެވެ.
ނަމަވެސް ފިއްތުންތަކަށް އިޖާބަ ނުދެއްވައި ހަޤީގަތަށް ވަކާލާތު ކުރުމުގައި ކާޓަރ ދެމިހުންނެވިއެވެ. އިޒްރާއިލްއާ ދެކޮޅުވެރި ނުވެ, ނަމަވެސް ކާޓަރ ޤަބޫލުކުރެއްވި އިންސާފާއި ހަމައިގެ މަތީގައި މަސައްކަތް ކުރެއްވިއެވެ.
އެދަތުރަށް ފަހު, ނަތަންޔާހޫ އިޒްރާއިލްގެ ބޮޑުވަޒީރު ކަމުގައި ހުރިހާ ހިނދަކު ފަލަޞްޠީނަށް ދަޢުލަތެއްގެ ހަމަޖެހުން ލިބުމަކީ ނުވުން ގާތްކަމެއްގެ ގޮތުގައި ކާޓަރ ވަނީ ސިފަ ކުރައްވާފައެވެ.
ކާޓަރ އަކީ އިޒްރާއިލްއަށް އެންމެ ގިނައި ޒިޔާރަތް ކުރެއްވި, އަދި ވެރިކަމުގެ ދުވަސްވަރާއި އޭގެ ފަހުންވެސް އިޒްރާއިލްއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ގުޅުމުގެ ތެރެއިން މެދުއިރުމަތީގެ ސުލްޙާއަށާއި ފަލަޞްޠީނަށް ހައްޤު މިނިވަންކަން ހޯއްދެވުމަށް މަސައްކަތް އެންމެ އޭރުވެސް މުޙިއްމު މަސައްކަތްތަކެއް ކުރެއްވި އެވެ.
އެމެރިކާ ނުވަތަ އަރަބި/އިސްލާމީ ދުނިޔޭގެ ލީޑަރުންނަށްވުރެ ފަލަޞްޠީނުގެ ޤަޞިއްޔާގައި ޖިމީ ކާޓަރ ގެ މަސައްކަތްޕުޅު ތަފާތުވަނީ ހަމައެކަނި އެމަނިކުފާނުގެ ކެރުންތެރިކަމަކުން ނޫނެވެ. އެއް އިރެއްގައި ކާޓަރ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ ވެރިޔާއެވެ. 1977 ން 1981 އާ ހަމައަށް އެމެރިކާގެ ރައީސްކަމުގައި ހުންނަވައިގެން ސުލްޙައިގެ މަގަށް ކުރެއްވި މަސައްކަތްޕުޅު އޭގެ ފަހުންވެސް އެ ޝައުޤާ, އިޙްލާސްތެރިކަމާއެކު އެދަރަޖައަށް ކުރެއްވި ހަމައެކަނި ވެރިއަކީ ކާޓަރ އެވެ. ފަލަޞްޠީނަށް މިނިވަންކަން ހޯދައިނުމަށް ކޮންމެ ގާކޮޅެއް ފުރޮޅާ, ކޮންމެ ފުރުޞަތެއް ފަހިކުރުމަށް ކާޓަރ ކުރެއްވި މަސައްކަތްޕުޅަކީ ޖިމީ ކާޓަރގެ ލެގަސީއެވެ.
ފަލަޞްޠީނުގެ ރައްޔިތުން މީގެ 77 އަހަރުކުރިން ފެށިގެން ތަޙައްމަލްކުރަމުން އައި ވޭނާއި ހިއްދަތިކަން އަމިއްލަފުޅަށް ދެކެވަޑައިގެން އެކަމާ ހަނުހުންނެވަން ކާޓަރ އިންކާރުކުރެއްވިއެވެ. އެއީ އާދަޔާޚިލާފް ހިތްވަރެކެވެ. ޙާއްސަކޮށް އެމެރިކާގެ ކުރީގެ ރައީސެއްގެ ފުށުން ދުވަހަކުވެސް ނުފެންނާނެ ފަދަ ހިތްވަރެކެވެ.
އަހަރެމެނަށް ކާޓަރ އަށް އެންމެ ރަނގަޅު ގޮތުގައި އަދާކުރެވޭނެ އިޙްތިރާމަކީ ނާއިންސާފުގެ ކުރިމަތީގައި ބަސްބުނުމެވެ. އިންސާނީ ކަރާމަތް ނެގެހެއްޓުމަށްޓަކައި ފަލަޞްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ކުރާ ވަކާލާތު ދެމެހެއްޓުމެވެ.
ރިއެކްޝަންސް