އިރާނުން އިޒްރާއިލްއަށް މިސައިލް ހަމަލާތަކެއްދީފި, ދުނިޔޭގެ ވެރިން މިކަން ސިފަކުރީ ކިހިނެއް!
އިޒްރާއިލްގެ މުހިއްމު އަސްކަރީ އަދި ސަލާމަތީ ތަންތަނަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ހަމާލާތަކެއް ދީފިއެވެ. އީރާނުން ބުނެފައި ވަނީ މިއީ އިޒްރާއިލްއިން ޣައްޒާގައި ޢާންމުންގެ އެތައްބަޔަކު މަރާލާ, ލުބުނާނު ގެ ހިޒްބުالله, ޣައްޒާގެ ހަމާސް ޖަމާއަތް އަދި ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިންތަކެއް މަރާލާފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމުގައެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނެފައިވަނީ އިޒްރާއިލް އިން މި ހަމަލާތަކުގެ ރައްދުގައި އީރާނަށް ހަމަލާދީފިނަމަ އިޒްރާއިލް "ފުނޑިގެންދާވަރުގެ" ހަމަލާތަކެއް އިރާނުން ދޭނެކަމުގައެވެ. ނަމަވެސް އިޒްރާއިލް އިން ވަނީ އީރާނަށް ހަމަލާ ތަކުގެ ރައްދު ދޭނެކަމަށް ވަޢުދުވެފައެވެ. އިޒްރާއިލް އިން ބުނި ގޮތުގައި އީރާނުން ފޮނުވާލި ގިނަ މަސައިލްތަކުގެ ތެރެއިން 180 އަށްވުގެ ގިނަ މިސައިލް ވަނީ އިޒްރާއިލްއަށް ފޯރުމުގެ ކުރިން ހުއްޓުވާ ނުވަތަ މިސްރާބު ބަދަލުކޮށްފައި ކަމުގައެވެ. މިކަމުގައި އިޒްރާއިލްއާއެކު އެމެރިކާ ވަނީ ގުޅިގެން މަސައްކަތް ކޮށްފައެވެ.
އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން އިސްރާއިލްގައި ވަނީ އެލާމްގެ އަޑުފައްގަނޑު ގަދަވެފައެވެ. އެއާއު އީރާންގެ ބައެއް މިސައިލްތައް ވަނީ އިޒްރާއިލްގެ ބައެއް ސިޓީތަކަށް އަމާޒުވެފައެވެ. އޭގެ ތެރޭގައި ވެރިރަށް ތެލް އަވީވް ވެސް ހިމެނެއެވެ. ނަމަވެސް މި ޙަމަލާތަކުގައި މީހަކު މަރުވިކަމެއް އިޒްރާއިލް އިން އަދި ޔަޤީންކޮށްދީފައެއް ނުވެއެވެ.
އަންގާރަ ދުވަހު އިޒްޜާއިލްއިން ވަނީ އިޒްރާއިލް-ލުބުނާނުގެ ބޯޑަރު ކައިރީ ޓޭންކަރުތައް ރުކުރުވާލާ އެއްގަމު މަގުން ދެކުނު ލުބުނާނަށް އަރަން ދިމާކޮށްލާފައެވެ. ނަމަވެސް ހިޒްބުالله އިން ވަނީ އިޒްރާއިލުން އެއްގަމު މަގުން ބޯޑަރު ހުރަސްކޮށް ދެކުނު ލުބުނާނަށް އެރުން ހުއްޓުވާފައެވެ. އެހާދިސާއަށް އިޝާރާތްކޮށް ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ ބުނެފައިވަނީ ލުބުނާނަށް ތާރީޙްގައިވެސް އެންމެ ނުރައްކާތެރި ފައްތަރަށް މިހާރު ހާލަތުގޮސްފައިވާ ކަމަށެވެ.
ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑާރު އައްބާސް ނިލޮރޯޝަން ވަނީ ފާއިތުވި ހަފްތާގައި އިޒްރާއިލްއިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާއެއްގައި އަވަހާރަވެފައެވެ. އިޒްރާއިލްއިން ހިޒްބުالله ލީޑަރު ޙަޞަން ނަޞްރުالله ފާއިތުވި ހަފުތާގައި އަވަހާރަކޮށްލާފައިވާއިރު, އިރާނުގައި ޖުލައި މަހު ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާޢިލް ޙަނިއްޔާވެސް ވަނީ އަވަހާރަކޮށްލާފައެވެ.
އިޒްރާއިލްއިން ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދޭތާ އަހަރެއްވާން ހަފުތާއަކަށް ވެފައިވާއިރު ހަމަލާތަކުގައި ފަލަޞްޠީނުގެ ބައިލައްކައެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި ދާދި ފަހުން އިޒްރާއިލްއިން ވަނީ ލުބުނާނަށްވެސް ހަމަލާތައް ދޭންފަށާފައެވެ. އެއީ ޣައްޒާއަށް އިޒްރާއިލްއިން ދޭ ހަމަލާތަކުގެ ރައްދެއްގެ ގޮތުން ލުބުނާނުގެ ހިޒްބުالله އިން މީގެ އަހަރެއްހާ ދުވަސްކުރިން ހަމަލާދެމުން އައިސްފައިވާތީ އޭގެ ރައްދެއްގެ ގޮތުންނެވެ.
އަންގާރަ ދުވަހު އިރާނުން އިޒްރާއިލްއަށް ދިން ހަމަލާތަކަށްފަހު އިރާންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އީރާނުން އެހެދީ ބޮޑު ގޯހެއް ކަމަށާއި, އީރާނުން އޭގެ އަގު ދައްކާނެކަމުގައެވެ. އަދި އިޒްރާއިލްއިން އދ އަށް ކަނޑައަޅާފައިވާ މަންދޫބު ޑެނީ ޑެނޮން ވަނީ އިޒްރާއިލްގެ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ހަމަލާތަކަށްފަހު އިރާންގެ ރައީސް މަސޫދް ޕެޒެޝްކިއަން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އިޒްރާއިލްގެ ހަމަލާތަކަށް ދިން ރައްދެއްކަމަށާއި, އިޒްރާއިލްއާ ދެކޮޅަށް ހަނގުރާމަ އެއް ފެށުނުން ނޫންކަން ނަތަންޔާހޫއަށް އެގެންޖެހޭ ކަމަށެވެ. އަދި އިރާނާއެކު ހަމަނުޖެހުމަކަށްދާން މަސައްކަތް ނުކުރުމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު މެތިއު މިލާ ވަނީ މި ޙައްސާސް ވަގުތުގައި އިޒްރާއިލްގެ ރައްޔިތުންނާއެކު އެމެރިކާ އޮތްކަމަށް ބުނެފައެވެ. ޖަރުމަނުގެ ހާރިޖީ ވަޒީރު އެނަލެނާ ބައެބޮކް ވަނީ އިރާންގެ ހަމަތާކާއެކު އެސަރަޙައްދުގެ މަޞްރަހް އިތުރަށް ގޯސްވެދާނެ ކަމަށާއި އިރާނުގެ ހަމަލާއަކީ ނުރައްކާތެރި ކަމެއްކަމަށް ސިފަކޮށްފައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އދ ގެ ވެރިޔާ އެންޓޯނިއޯ ގަޓަރޭޒް ވެސް ވަނީ މެދުއިރުމަތީގެ މަޞްރަހް ގޯސްވެދާނެ ފަދަ ހުރިހާ އަމަލެއް ކުށްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަން ހުއްޓާލަންޖެހޭ ކަމަށާއި ހަމަލާތައް އެއްކޮށް ހުއްޓާލުމަށް ގޮވާލާފައެވެ.
ރިއެކްޝަންސް