ޝަކުވާތައް ގިނަވެ, ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ނިޒާމެއް ޤާއިމްކޮށްފިން- ޕީޖީ
ޕީޖީ އައްބާސް ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ-ޕީއެސްއެމް ނިއުސް

ޝަކުވާތައް ގިނަވެ, ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ނިޒާމެއް ޤާއިމްކޮށްފިން- ޕީޖީ

17 days ago - 21:18
Advertisement

ޝަކުވާތައް ގިނަވެ, ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދު ނިޒާމެއް ޤާއިމްކުރައްވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ އައްބާސް ވިދާޅުވީ ފާއިތުވި 3 ހަފުތާގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން އެކި ވަސީލަތްތައް މެދުވެރިކޮށް ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އޭގެތެރޭގައި ފޯނުންނާއި, ލިޔުމުންނާއި, މެސެޖުން އަދި ގުޅައިގެންވެސް ޝަކުވާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ޝަކުވާތައް ބެލުމަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޕީޖީ އޮފީހުގެ ވެބްސައިޓާއި އެކި ގޮފިތަކުގައި މިހާރު ޤާއިމުކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު މިނިންމީ އެހުރިހާ ޝަކުވާއެއް އަދި އޭގެ އިތުރަށްވެސް ހުރި ޝަކުވާއެއް ކަމަށް ވެއްޖިއްޔާ އެކަން ފޯމަލައިޒްކޮށްފަ, މިއޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން ވިހި ދުވަހުގެ މުއްދަތަށް ހުޅުވާލަން. މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ގޮތް ހުންނާނީ ހަމަޖެހިފަ" ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އެއޮފީހުގައި މަސައްކަތް ކުރުމުގެ ރަނގަޅު ސިސްޓަމެއް ގާއިމްކޮށްފައި އޮތް ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ކަންކަން ތަރުތީބުން ހިނގާނެ ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

"އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް މިފަށަނީ ސަތޭކަ ޕަސަންޓް އިތުބާރާއެއްކޮށް ވަރަށް ރަނގަޅު ސިސްޓަމެއް އޮތް އޮފީހެއްގެ ތެރޭގައި." ޕީޖީ ވިދާޅުވިއެވެ.

ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ ބައެއް ނިންމެވުންތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އާ ޕީޖީ ވިދާޅުވީ އަމިއްލައަށް އިސް ނަގައިގެން އެނިންމެވުންތައް ރިވިއު ކުރެއްވުމުގެ ވިސްނުން ނެތް ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement