އާ ދެ ގަވާއިދަކާއެކު, ޑޮލަރުގެ މައްސަލަ ހައްލުކުރަން ވަރުގަދަ ފިޔަވަޅެއް!
އެމްއެމްއޭ އިން އެޅި ފިޔަވަޅުން ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ

އާ ދެ ގަވާއިދަކާއެކު, ޑޮލަރުގެ މައްސަލަ ހައްލުކުރަން ވަރުގަދަ ފިޔަވަޅެއް!

17 days ago - 20:55
Advertisement

ޑޮލަރުގެ މައްސަލަ ހައްލުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދަށް ބަދަލު ގެނެސްގެން ވަރުގަދަ ފިޔަވަޅެއް އަޅައިފިއެވެ.

އެމްއޭއިން ފިޔަވަޅު އެޅީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްގެންނެވެ. މިއަދު އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިސޯރޓްތަކާއި, ގެސްޓް ހައުސްތަކާއި, ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ކަނޑައެޅޭ ވަކި އަަދަދަކަށް ބޭންކުން ޑޮލަރު މާރުކުރަން ޖެހެއެވެ.

މިއަދު އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ފަތުރުވެރިންނަށް ޚިދުމަތްދޭ ކެޓަގަރީ އޭ ގެ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ. ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނެވެ.

ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ރާއްޖޭގައި ހިންގާ ބެންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ. ބޭރުފައިސާ ރުފިޔާއަށް މާރުކުރަން ޖެހެނީ މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދުންނެވެ. ގަވާއިދުގައިވާ ގޮތުން ކެޓަގަރީ އޭ އަދި ބީގައި ހިިމެނޭ ފަރާތްތަކުން ވެސް ކޮންމެ މީލާދީ މަހެއް ނިމި އޭގެ ފަހުން ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަންވެއެވެ.

Advertisement

އެމްއެމްއޭ އިން ބުނީ މި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް, ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރު ކުރެވޭނެ ކަމަށެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަަކަށް ވެސް މާލީ ބުރައަކަށް ނުވާނޭ ގޮތަށް ކަމަށް އެމްއޭއިން ބުންޏެވެ. އެމްއެމްއޭ އިން ޢާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ މި ގަވާއިދުތައް އެކުލަވާލައިފައިވަނީ ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ.

މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު 1987ގެ މަނިޓަރީ ގަވާއިދާއި މަނީ ޗޭންޖަރ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު އެމްއެމްއޭއިން ވަނީ އުވާލާފައެވެ. އޭގެ ބަދަލުގައި މިއަދުން ފެށިގެން އަމަލުކުރާނީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement