ފަލާހުގެ އަތުން ބޯޓެއް ގަތް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ފަހުމީ

ފަލާހުގެ އަތުން ބޯޓެއް ގަތް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ފަހުމީ

1 hour ago - 11:07
Advertisement
Advertisement

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހުގެ އަތުން ބޯޓެއް ގަތުމުގައި ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދޮގުކުރައްވައިފިއެވެ.


އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވީ، 900،000 ރުފިޔާގެ އަގުހުރި ބައު ލޭންޑިން ކްރާފްޓެއް 17 މިލިއަން ރުފިޔާއަށް ފަލާހު އަތުން ގަނެ، މަރާމަތަށް އިތުރު 1.8 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި 2023 ވަނަ އަހަރަށް ފަހު އެފަދަ އެއްވެސް އުޅަނދެއް އެ ކުންފުނިން ގަނެފައި ނުވާނެ ކަމަށާއި، ފަލާހު ހިމެނޭ ގޮތަށް އެއްވެސް ފަރާތަކާއެކު މިފަދަ ވިޔަފާރީގެ މުއާމަލާތެއް ކުރުމަށް ކުންފުނީގެ ބޯޑުން ރުހުން ދީފައިވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


މީގެއިތުރުން، ދެވަނަ އުޅަނދެއް ގަންނަން އުޅުމުން އެ ކުންފުނީގެ ބޯޑު މެންބަރު އުމަރު ހުސެއިން އިސްތިއުފާ ދެއްވި ކަމަށް ކުރެވޭ ތުހުމަތުތައްވެސް ފަހުމީ ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން އުމަރު މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށާއި، ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ތުހުމަތުތަކާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފަހުމީ ވިދާޅުވިއެވެ.


އެމްޑީ ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ހެއްކެއް އަދި އަސާސެއް ނެތި މިފަދަ ސީރިއަސް ތުހުމަތުތައް ހަގީގަތް އޮޅޭ ގޮތަށް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement