މަސްތުވާތަކެއްޗާއެކު ހުޅުދޫއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ސ. ހުޅުދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. މީދޫ / މިރާޒް، އީޖާޒް ނަޢީމް (43އ) އެވެ.
އަދި، އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާކާއި ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މަހު 10 ވަނަ ދުވަހު ހުޅުމީދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





