ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

1 hour ago - 21:23
Advertisement
Advertisement

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު ގައުމެއްގެ މީހަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.


ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 އޮގަސްޓް 05 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. މި މައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިއާއިން ރާއްޖެއައި އެ ގައުމުގެ ފަސިންޖަރެކެވެ.


އޭނާ ރާއްޖެއަށް އެތެރެވި ވަގުތު، އޭނާގެ އަމަލުތައް ހުރިގޮތުންނާއި ގެންގުޅުނު ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްގެ އޮފިސަރުން ވަނީ އެ ފަސިންޖަރުގެ ލަގެޖް ފާސްކޮށްފައެވެ. މިގޮތުން ފާސްކުރުމުގެ ތެރޭގައި އޭނާގެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.


މި މައްސަލައިގައި އަތުލައިގަނެވުނު މީހާއާއި އޭނާގެ އަތުން ފެނުނު ތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައެވެ.


މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، ރާއްޖޭގެ ބޯޑަރުތައް ވަރުގަދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެކެވެ. މިގޮތުން ބޯޑަރުން ވަގަށް އެތެރެކުރަން އުޅޭ ތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްއިން އަންނަނީ ހުށިޔާރުކަމާއެކު މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement