ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެނައުން އިތުރުކުރުމަށް ސްޓޭޓް ފާމާ އިން އެޗް.ޕީ.އެލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެނައުން އިތުރުކުރުމަށް ސްޓޭޓް ފާމާ އިން އެޗް.ޕީ.އެލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

1 hour ago - 21:20
Advertisement
Advertisement

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗް.ޕީ.އެލް (HPL) އާއެކު ސްޓޭޓް ފާމާ އިން ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމާ ގުޅޭގޮތުން ސްޓޭޓް ފާމާ އިން ބުނީ، މިއީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.


ސްޓޭޓް ފާމާ އިން އިތުރަށް ސިފަކުރި ގޮތުގައި، މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.


މި އެއްބަސްވުމުގައި ސޮއިކުރި އެޗް.ޕީ.އެލް އަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް މިހާރުވެސް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން ދުނިޔޭގެ 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދެއެވެ.


ފާހަގަކޮށްލެވޭ ގޮތުގައި، އެޗް.ޕީ.އެލް އިން ދާދިފަހުން ވަނީ ވިލާތުގައި ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާ (AstraZeneca) އާއެކުވެސް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިފަދަ ބޮޑު ކުންފުންޏަކާއެކު ސްޓޭޓް ފާމާ އިން ގުޅުން ގާއިމުކުރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ލިބިގެންދާނެ އިތުރު ބާރެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement