އެމްޕޮކްސް ފެތުރޭތީ އެޗްޕީއޭ އިން ފިޔަވަޅުތައް އަޅަން ފަށައިފި
އެމްޕޮކްސްގެ އެންމެ ބޮޑު އަލާމާތަކީ ފެންހެދޭ ބިހިތަކެއް ނެގުން

އެމްޕޮކްސް ފެތުރޭތީ އެޗްޕީއޭ އިން ފިޔަވަޅުތައް އަޅަން ފަށައިފި

ޑަބްލިޔުއެޗްއޯ އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ

1 month ago - 10:47
Aug 15, 2024 - 20:45
Advertisement

 

އެމްޕޮކްސް ފެތުރޭތީ އެޗްޕީއޭ އިން ފިޔަވަޅުތައް އަޅަން ފަށައިފި 

 އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެފްރިކާގެ ގައުމުތަކުގައި ބާރަށް ފެތުރެމުން އަންނަ އެމްޕޮކްސްއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކައް އެއޮތޯރިޓީން ފަށާފައިވާ ކަމަށެވެ.

 

Advertisement

އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން މިފެށީ އެމްޕޮކްސްއާ މެދު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ސަމާލުވުމަށް ގޮވާލާ, ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެންނެވެ. ޑަބްލިޔުއެޗްއޯ އިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުކާނުކުރީ ރޭގެ ވަގުތެއްގައެވެ. އެޓްވީޓް ރީޕޯސްޓް ކުރައްވާ އެޗްޕީއޭއިން ބުނީ އެސެސްމަންޓްތައް ހަދާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި އެކަމުގެ އިރުޝާދުތައް ދެމުންދާނެ ކަމަށް ބުންޏެވެ.

 

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނީ ކޮންގޯއިން ފެތުރެން ފެށި ބަލި, އެފްރިކާގެ އެހެން ބައެއް ގައުމުތަކާ ހަމައަށްވެސް ފޯރައިފި ކަމަށެވެ. މިނިންމުން ނިންމާފައިވަނީ އެޖަމާއަތުގެ އިމަޖެންސީ ކޮމިޓީން އެލަފާ ދެއްވުމުންނެވެ.

އެމްޕޮކްސް އަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ބަލީގެ ފުރަތަމަ އަލާމާތެއްގެ ގޮތުން ހުން އައިސް ވަރުދެރަ ކޮށްލައެވެ. ބަލީގެ އެންމެ ބޮޑު އަލާމާތަކީ ދޔަ ހެދޭ ބިހިތަކެއް ނެގުމެވެ.

މިބަލި 13 ގައުމަކަށް މިހާރު ވަނީ ފެތުރިފައެވެ. ބަލީގެ އާ ވޭރިއަންޓް ފެތުރުން އަވަސްކަމަށް ޑަބްލިޔުއެޗްއޯ އިން ވަނި ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement