އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި
ރައީސް ޑރ.މުއިއްޒުއާ އިންޑިޔާގެ ބޮޑުވަޒީރު މޯދީ: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

މިއީ އިންޑިޔާގެ 78 ވަނަ މިނިވަން ދުވަސް

1 month ago - 12:20
Aug 15, 2024 - 20:45
Advertisement

އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ  އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ބިނާވެފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި އިޙްތިރާމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.  އިންޑިޔާގެ ރައީސްއާއި ބޮޑުވަޒީރަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި ވިދާޅުވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ އަދި އުފެދިގެންދިޔަ މި ގާތް ރަހުމަތްތެރި ގުޅުމަކީ ރާއްޖޭގެ ތަރައްޤީއާ ފާގަތިކަމަށް އިތުރު ފަހިކަން ގެނެސްދިން ކަމެއްކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައިވެސް  ވިދާޅުވެފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް އިތުރުކުރިއެރުމާއި ފާހަގަތިކަމަށް އެދިވަޑައިގެންފައެވެ. އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މެދުވެރިކުރައްވައި ވެސް މިއަދު ފޮނުއްވާފައިވެއެވެ.

އިންޑިޔާއާ އޮތް ގުޅުން މިސަރުކާރު ފެށުނުއިރު ގޯސް ނަމަވެސް މިހާރު ގުޅުން އަންނަނީ ބަދަހި ކުރައްވަމުންނެވެ. މިހަފްތާގައި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ނިޝާންތައް ވަނީ ފެނިފައެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement