ޢަބްދުލްޢަޒީޒް މުޙައްމަދު، ރަޙިމަހުﷲގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި

ޢަބްދުލްޢަޒީޒް މުޙައްމަދު، ރަޙިމަހުﷲގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި

7 hours ago - 14:07
Jun 2, 2026 - 14:30
Advertisement
Advertisement

ފުވައްމުލައް ސިޓީއަށާއި މުޅި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ތަޖުރިބާކާރު ކެޕްޓަން އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދުގެ ކަށުނަމާދު މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާއިލާގެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި، ފުވައްމުލަކު ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، ޢަބްދުލްޢަޒީޒް މުޙައްމަދުގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

މި ޖަނާޒާގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން، މަރްޙޫމްގެ ފުރާނައަށް ހެޔޮ ދުޢާކޮށްދެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. 

އަވަހާރަވީއިރު ޢަބްދުލްޢަޒީޒްގެ އަނބިކަނބަލުން މަރްޔަމް އިބްރާހީމް ދީދީގެ އިތުރުން ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ މަކްތޫމް، މަސްރޫރް، ނަބީލާ އަދި އަމީރާއެވެ. މީގެ އިތުރުން، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮމެންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އަބްދުﷲ އަފީފް، ޢަބްދުއްލަޠީފް މުޙައްމަދު، ޢަބްދުއްނާޞިރު މުޙައްމަދު، ޢަބްދުﷲ މަސީޙް މުޙައްމަދު އަދި ފަޒީލް ނަޖީބެވެ.

މަރްޙޫމް ޢަބްދުލްޢަޒީޒަކީ ރާއްޖޭގެ ތަޢުލީމީ އަދި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 1970 ގެ އަހަރުތަކުގައި އައްޑޫ ނޫރާނީ ސްކޫލުގެ އިނގިރޭސި މުދައްރިސެއްގެ ގޮތުގައި ގިނަ ދަރިވަރުންތަކަކަށް އުނގަންނައިދެއްވިއެވެ. ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރި ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ ބޮޑު އިޙްތިރާމެއް ހޯއްދަވާފައެވެ. މީގެ އިތުރުން، އޭނާއަކީ ފުވައްމުލަކުގެ އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 

 ޢަބްދުލްޢަޒީޒަކީ ޚިދުމަތްތެރި ތަޢުލީމީ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުރިހާ ދާއިރާއަކުންވެސް ހުނަރުވެރި، އަދި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަވުމަކީ ފުވައްމުލަކަށާއި މުޅި ޤައުމަށް ލިބުނު ބޮޑު ހިތާމައެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement