މާލީ ވަޒީރުގެ އެޑްވައިޒަރުންނަށް ދެ ބޭފުޅަކު އައްޔަނު ކޮށްފި.

މާލީ ވަޒީރުގެ އެޑްވައިޒަރުންނަށް ދެ ބޭފުޅަކު އައްޔަނު ކޮށްފި.

އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ކުރީގެ ވަޒީރާއި ކުރީގެ ގަވަރްނަރ

9 months ago - 14:41
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް، އަޙްމަދު ނަޞީރު، މުސްތަރީގެ، ކ. މާފުށި، އަދި އަޙްމަދު މުނައްވަރު، ދަފްތަރު ނަންބަރު ރސ 99031 މިއަދު ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ދެބޭފުޅުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ. އަދި، ދެ ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.

އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަނު ކުރެއްވި އަޙްމަދު މުނައްވަރަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދައުރުގައި މާލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަނު ކުރެއްވި އަޙްމަދު ނަޞީރަކީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމް.އެމް.އޭގެ ގަވަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement