ކެނދިކުޅުދޫގައި  އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ފައްޓަވައިދެއްވަނީ:ފޮޓޯ-ރައީސް އޮފީސް

ކެނދިކުޅުދޫގައި އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ފަށައިފި

5 hours ago - 18:52
Jul 21, 2025 - 18:53
Advertisement
Advertisement

ކެނދިކުޅުދޫގައި  އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ފަށައިފިއެވެ. ނ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ފަރާތުން  ވަނީ އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ދޭން ފެށުމުން އެކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ  ކެނދިކުޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލްގެ މަޝްރޫޢުގެ އިތުރުން އަލަށް މީހުން އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމާއި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސް ކުރުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement