ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ މައުލޫމާތު ރަނގަޅުކުރަން 7 ދުވަހުގެ މުއްދަތެއް ދީފި

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ މައުލޫމާތު ރަނގަޅުކުރަން 7 ދުވަހުގެ މުއްދަތެއް ދީފި

50 minutes ago - 20:34
Advertisement
Advertisement

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގައި ހުރި ސައްހަ ނޫން މައުލޫމާތު ރަނގަޅުކުރުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ނިންމައިފިއެވެ.


ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. މި މަރުހަލާގައި، އެޕްލިކަންޓުން ހުށަހަޅާފައިވާ މައުލޫމާތުތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުތަކުގެ މެދުގައި އެއްވެސް ފުށުއެރުމެއް ހުރިނަމަ، އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެއެވެ. އަދި މިފަދަ ބަދަލުތަކާ ގުޅޭ މައުލޫމާތު އެޕްލިކަންޓުގެ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ފޮނުވޭނެއެވެ.


މިނިސްޓްރީން ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ފޮނުވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމަށްވާނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި މި މުއްދަތުގައި އެއްވެސް ޖަވާބެއް ނުދީފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެއެވެ. މި މަރުހަލާގައި ހުރިހާ ޖަވާބެއްވެސް ހުށަހަޅަންވާނީ ހަމައެކަނި "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ފޮނުވާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު މުއްދަތު ހަމަވި މި ފުރުސަތުގައި، "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި:

އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް: ޖުމްލަ 45،644 އެޕްލިކޭޝަން (ފްލެޓަށް 35،818 އަދި ގޯއްޗަށް 9،826)
ގޯތިގެދޮރު ޕްރޮގްރާމް: ޖުމްލަ 12،861 އެޕްލިކޭޝަން (ފްލެޓަށް 112 އަދި ގޯއްޗަށް 12،749)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި ސިޔާސަތުގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއިން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެއިތުރުން، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ފަރާތްތަކަށް 2,400 ފްލެޓާއެކު ޖުމްލަ 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement