ބްރިޖު ހައިވޭގައި ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ބްރިޖު ހައިވޭގައި ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

53 minutes ago - 20:31
Advertisement
Advertisement

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ބްރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑިތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވި މީހާގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.


ފުލުހުން ހާމަކުރެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މި ހިނގާ މަހުގެ 21 ވީ ހުކުރު ދުވަހުގެ ހެނދުނު 8:42 ހާއިރުއެވެ. ބްރިޖު ހައިވޭއިން ދަތުރުކުރި އެ ކާރު ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހުމާއެކު ކާރު ވަނީ ފުރޮޅާލައި، ބޭނުންނުކުރެވޭ ވަރަށް ބޮޑަށް ހަލާކުވެފައެވެ.


ހާދިސާ ހިނގި ވަގުތު ކާރުގައި އިނީ ޑްރައިވަރު ބ. ކަމަދޫ، މިޔްނިކް، ޢުމުރުން 40 އަހަރުގެ ޙަސަން ރިފާޢު އަދި 13 އަހަރުގެ ކުޑަކުއްޖެކެވެ. އެކްސިޑެންޓާ ގުޅިގެން އެ ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.


މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ހަލާކުވި ކާރުގެ ބައިތައް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި، ކާރު ދުއްވި ޙަސަން ރިފާޢުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement