8 މަސް ތެރޭގައި ދިޔަމިގިލީ ސްކޫލުގެ އާ އިމާރާތް ސިފައިން ނިންމާލައިފި

8 މަސް ތެރޭގައި ދިޔަމިގިލީ ސްކޫލުގެ އާ އިމާރާތް ސިފައިން ނިންމާލައިފި

7 hours ago - 10:36
Advertisement
Advertisement

ތ. ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ ގޮތަށް އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއާސްއިން ކުރިއަށްގެންދިޔަ ތިން ބުރީގެ އާ އިމާރާތުގެ މަސައްކަތް އެންމެ އަށް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައިފި އެވެ.

މި އަހަރުގެ މާޗު 31 ގައި ފެށި މި މަޝްރޫއުގެ މަސައްކަތް ސިފައިން އެއްކޮށް ނިންމާލީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެއީ ޖުމްލަ 235 ދުވަހުގެ (ގާތްގަނޑަކަށް އަށް މަސް ދުވަސް) މުއްދަތެކެވެ.

މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، ކުރިން ހަދާފައި ހުރި ސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، އިތުރު ތަނބުތައް ޖަހައި ވަރުގަދަކުރުމާއި، ކޮންކްރީޓާއި ރޭނުމާއި ސިމެންތި ޖެހުމުގެ އިތުރުން ފުރާޅު އެޅުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން މުށިޖެހުމާއި، ކުލަލުމާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އެންމެހައި މަސައްކަތްތަކާއި، އައިސީޓީ އާއި ސައުންޑް ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް ވެސް ސިފައިން ވަނީ ކޮށްފަ އެވެ.

މި މަޝްރޫއު ކުރިއަށްދިޔަ މުއްދަތުގައި ދިޔަމިގިލީގެ ރައްޔިތުންގެ ފަރާތުން ސިފައިންނަށް އަމަލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ފާހަގަކުރެ އެވެ.

އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސްއިން ހިންގި މި މަޝްރޫއުގެ މެނޭޖަރަކަށް ވޮރަންޓް އޮފިސަ 2 ޖައުފަރު މުހައްމަދު ހަރަކާތްތެރިވި އިރު، އެސިސްޓެންޓް މެނޭޖަރަކީ ފަސްޓް ސާޖަންޓް އަހުމަދު ހާލިދެވެ. މި މަސައްކަތް ފުރިހަމަކުރުމުގައި ސިފައިންގެ ސިގްނަލްސް، އީއެމްއީ އަދި ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޓެކްނިކަލް އެހީތެރިކަން ވަނީ ލިބިފަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement