މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބެން އޮތް ބިމެއް ވިއްކި މައްސަލައެއްގައި ނާއިފް ޝައުކަތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ނާއިފް ޝައުކަތު: ފޮޓޯ-ނާއިފް ފޭސްބުކް

މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބެން އޮތް ބިމެއް ވިއްކި މައްސަލައެއްގައި ނާއިފް ޝައުކަތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

5 days ago - 19:29
Oct 13, 2024 - 19:29
Advertisement

މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބެން އޮތް ބިމެއް ވިއްކި މައްސަލައެއްގައި ނާއިފް ޝައުކަތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ. 2018 ވަނަ އަހަރު ވިއްކި އެބިމުގެ މައްސަލާގައި ދައުވާކޮށްދޭން އޭސީން ހުށަހެޅީ އޭރުގެ ހައުސިންގގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތުގެ މައްޗަށެވެ. މީގެއިތުރުން އޭރު އެމިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމްގައި ހުންނެވި ޙަސަން ވަހީދުގެ މައްޗަށްވެސް ދައުވާކޮށްދޭން އެދި ޕީޖީއަށް ވަނީ ފޮނުވާފައެވެ. މީގެތެރެއިން ނާއިފް ޝައުކަތަކީ ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ހުންނެވި, މިހާރުގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުންދާ ފަރާތެކެވެ.

އޭސީން ބުނީ ދައުވާކޮށްދޭން އެދުނީ މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ ކަމަށެވެ. ދެމީހުންގެ މައްޗަށްވެސް ދައުވާކޮށްދޭން އެދިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނީ އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު ޢަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލު" އާއި ޚިލާފަށް ކަމަށް އޭސީން ބުންޏެވެ. ބިން ވިއްކީ ބިމާ އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެބިން ގަންނަން އެދިފައިވަނިކޮން، އެ އެޞޫލު އިޞްލާޙުކުރަމުންދާ ކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށް އޭސީސީން ބުންޏެވެ. މީގެ އިތުރުން އެ އުޞޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ޙާލަތުވެސް ވަޒަންކޮށްފައި ނުވާކަމަށް ތަހުޤީޤާ ހަވާލާދީ އޭސީސީން ބުންޏެވެ.

" އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަންވެސް ތަހުޤީޤަށް އެނގިފައިވެއެވެ."

Advertisement

 ޖުމްލަކޮށް، ޙަސަން ވަޙީދާއި ނާއިފު ޝައުކަތު ޢަމަލުކޮށްފައި ވަނީ އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމަށާއި, އެ ޢަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަޙުޤީޤަށް ހޯދި ހެކިޤަރީނާއިން އެނގޭ ކަމަށްވެސް އޭސީސީން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement